ކުއްލި ޚަބަރު

ޤާނޫނެއް އޮތަސް ތަރިކަ ސަލާމަތެއް ނުވާނެ : މިނިސްޓަރ -ޔުމްނާ

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ބޭއްވެވި 'މިލަދެކުނު އަދަބީ ޢީދު 2019' ނިންމުމުގެ ޖަލްސާގައި މިނިސްޓަރ ޔުމްނާ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ޤާނޫނެއް ހެދުނު ނަމަވެސް އެބަައެއްގެ ތެރޭގައި އޮތް ސަޤާފަތް ރައްކާތެރި ނުކުރެވޭނެ ކަމަށާއި ސަޤާފަތް ރައްކާތެރިކުރެވޭނީ ގާނޫނު  ތަންފީޒުކުރެވިގެން ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުއްޖެއެވެ.

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ބޭއްވި 'މިލަދެކުނު އަދަބީ ޢީދު 2019' ނިންމުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ  ޔުމްނާ މައުމޫން ވިދާޅުވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައަށް މި ސަރުކާރުން ދެއްވާ އިސްކަން އެއްވެސް ބޭފުލަކަށް އޮޅިވަޑައިގެންފައި ނުވާނެކަމަށެވެ.

ރާއްޖޭގެ ސަޤާފަތާއި ތަރިކަ ރައްކާތެރިކުރުމަށާއި ފަންނުވެރިކަން ކުރިއެރުވުމަށް ވުޒާރާއެއް އުފައްދާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ރާއްޖޭގެ ސަޤާފީ ތަރިކައިގެ ބިލް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްޙޫރިއްޔާ ތަސްތީޤުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މި ޤާނޫނު ތަސްދީޤުކުރުމުންވެސް ދޭހަވަނީ މި ސަރުކާރުން ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތާއި، ދިވެހިންގެ ބަހާއި ތާރީޚާއި ސަޤާފަތް ރައްކާތެރިކުރައްވަން ދެއްވާ އަޙައްމިއްޔަތުކަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤާނޫނެއް އޮތަސް އަދި ނިމުނީ ނޫން ކަމަށާއި އެެ ޤާނޫނު ތަންފީޒުކުރަންޖެހޭނެ ކަމަށެވެ.

"ޤާނޫނެއް ހެދުނު ކަމުގައި ވިޔަސް ސަޤާފަތާއި ތަރިކަ ރައްކާތެރިއެއް ނުކުރެވޭނެ. ސަޤާފީ ތަރިކަ ރައްކާތެރިކުރެވޭނީ އަމިއްލައަށް އެކަން ބޭނުންވެގެން ރައްކާތެރިކުރަން އުޅުނީމަ. އެހެން ވީމާ އަންނަންއޮތް ޖީލުތަކަށް މިކަންކަން ދަސްކޮށްދިނުން މިއީ އެންމެ މުހިންމު ކަމަކީ"މިނިސްޓަރވިދާޅުވިއެވެ.

ބަވަނަވަމުން މިދާ ދުނިޔޭގައި ދިވެހިންގެ ދިރިއުޅުމަށާއި އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް އެބަދަލުތަކާއިއެކުވެސް ދިވެހިން ދިވެހިންގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރަން ޖެހޭނެ ކަމަށް މިނިސްޓަރވިދާޅުވިއެވެ. 

"ޔުނެސްކޯއިން ފާހަގަކުރާގޮތުގައި މިއަންނަ ބަދަލުތަކާއެކީ މި ގްލޯބަލައިޒޭޝަން ނޫނީ ބަވަނަވުމާއެކީ ވަރަށް ގިނަ ބަސްތަކެއް އުވިގެން ނެތިގެން ހިނގައިދާނެ. އެއީ ބައެއްގެ ސަޤާފަތް ބަދަލުވަމުން އަންނަވަރަކަށް ބަސްވެސް ބަދަލުވަމުން އެބައާދޭ. ދިރިއުޅުމުގެ ހާލަތްތަށް ބަދަލުވަމުން މިއަންނަނީ."މިނިސްޓަރވިދާޅުވިއެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ތައުލީމު އުނގެނުމަށާއި ވަޒީފާގެ ކުރިއެރުމަށާއި އަދި ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރާއިރު ދަރިންނަށް އިނގިރޭސިބަހުން އުނގެނުން މުހިންމުކަމަށް ވިދާޅުވިއެވެ. ނަމަވެސް ކުރިއަރަމުން އަންނަ އިރު އަމިއްލަވަންތަކަށް ހިފެހެއްޓުމަށް މިނިސްޓަރ ހަނދުމަކޮށްދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: