ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ ފެރީގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފި

އެމްޓީސީސީ ފެރީގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފި. ފޮޓޯ:އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ ފެރީތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައިފިއެވެ.

އެމްޓީސީސީ އިން ބުނީ ފެރީތަކުގައި ހޮޑު ކޮތަޅުގެ ގޮތުގައި ބޭނުން ކުރަމުން އައި ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި މިއަދުން ފެށިގެން ކަރުދާސް ކޮތަޅު ބޭނުން ކުރަންފަށާފައިވާ ކަމަށެވެ.

މިއީ ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހުތިޔާރު ކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި އެމްޓީސީސީއިން ފާހަގަކުރެއެވެ.

ލޯންޗު އަދި ފެރީ ފަދަ ކަނޑު މަތީގައި ދުއްވާ އުނޅަނދުގައި ހޮޑު ކޮތަޅުގެ ގޮތުގައި ޕްލާސްޓިކް ބޭނުން ކުރާއިރު އެ ކޮތަޅު މޫދަށް އެއްލާލުމުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވެއެވެ.

އެމްޓީސީސީގެ ފެރީގެ ޚިދުމަތް ދުވާލެއްގެ މައްޗަށް 26،000 މީހުން ހޯދާއިރު މިއީ އަހަރަކަށް ބަލާއިރު 9.5 މިލިއަން މީހުންނެވެ.

ކަނޑުގައި އުޅޭ މަސްމަހާއި ފަރުތަކަށް ޕްލާސްޓިކް ކޮތަޅުގެ ސަބަބަުން އެތަކެއް ގެއްލުންތަކެއް ލިބެމުންދާއިރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަނޑު ދަތުރުފަތުރުގެ ނިޒާމް ހިންގަމުން އަންނަ އެމްޓީސީސީއިން މިގެނައި ބަދަލާއެކު ރާއްޖޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުން އެތަށް ގުނައަކުން ކުޑަވެގެން ދާނެއެވެ.

އެމްޓީސީސީއިން  ހޮޑު ކޮތަޅުގެ ގޮތުގައި ބޭނުން ކުރަމުން އައި ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ބޭނުން ކުރަން ފަށާފައިވާއިރު އެކުންފުނިން ވަނީ ޓާމިނަލްތަކުގައި ސިންގަލް ޔޫސް ޕްލާސިްޓިކް ބޭނުން ކުރުންވެސް ހުއްޓާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: