ކުއްލި ޚަބަރު

ޑީޕޯޓު ކުރިޔަސް ދަބަސްތަކުގައި ވަގަށް ޑޮލަރު ބޭރުކުރުމަށް ހުއްޓުމެއް ނާދޭ!

ފޮޓޯ: ސޯޝަލް މީޑިއާ --- ޑީޕޯޓު ކުރި ދެ ބިދޭސީންނަށް އެތައް ތުހުމަތެއް ކުރެވޭ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ރާއްޖޭގައި ގަވައިދާ ހިލާފާށް ބިދޭސީން އުޅެމުން އަންނަ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ދޭތެރެ ދޭތެރެއިން މާލޭގެ އެކި ކަންކޮޅުތަކުން ބިދޭސީން އެއްކޮށް ޕިކަޕެއްގައި ގެންގޮސް އިމްރޭޝަން ދޮރުމަތީ ބޭތިއްބުމަށްފަހު ހުޅުމާލޭގެ ޑިޓެންޝަން ސެންޓަރަށް ގެންދާތަން ފެންނާނެއެވެ. އެހެން ނަމަވެސް، ސުވާލަކީ ގަވައިދާ ހިލާފަށް ނުވަތަ ޓޫރިސްޓު ވިސާއެއްގައި ރާއްޖެ އެތެރެވެ މަސައްކަތުގެ މައިދާނުގައި އުޅޭ މީހުންނަށްވުރެ ގާނޫނީ ބޮޑެތި ކުށްތަކަށް އަރައިގަންނަ ބިދޭސީންގެ ވާހަކަ ނުދައްކަނީ ކީއްވެގެންތޯއެވެ. މާލޭގެ ހަނި ހަނި ގޯޅިތަކުގެ ތެރޭގައި އެހުންނަ ބޯކޮށާ ފިހާރަތަކާއި، ކަންމަތީ ހޮޓާތަކާއި، ކުދިކުދި ގުދަންހެން ހުންނަ ފިހާރަތައް ހަދައިގެން ކިތައް ބިދޭސީން އުޅޭބާއެވެ؟ އެމީހުން ހިންގަނީ އެއްތަނެއް ނުވަތަ ދެ ވިޔަފާރިއެއް ވެސް ނޫނެވެ. ޑޮލަރުތައް ދޮވެ ސާފު ކުރުމަށްފަހު ކިތައް ޑޮލަރު ދަބަސް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުކޮށްފައި ހުންނާނެ ބާއެވެ؟

މިހުރިހާ ވާހަކައެއް އެއް ފަރާތްކޮށްލާނަމަވެ. ބުރާސްފަތި އަދި ހުކުރު ދުވަހު އިމްގްރޭޝަންއިން ކުރިޔަށްގެންދިޔަ އޮޕަރޭޝަން އަކަށްފަހު އެ އިދާރާއިން ޓްވީޓެއް ކުރިއެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އައި ދެ ބިދޭސީއަކު ޑީޕޯޓު ކުރި ވާހަކައެވެ. އޭގެ ތެރެއިން އެކަކީ ރާއްޖޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ބަންގްލަދޭޝްގެ ޝަފީގުލް އިސްލާމެވެ. އެ ފަހުން ހުކުރު ދުވަހު ޑީޕޯޓު ކޮށްލާފައިވަނީ ބަންގްލަދޭޝްގެ އަބޫ ހަނީފް އެވެ. މިއީ ފުޅާ ދާއިރާއެއްގައި ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް ޑޮލަރު ވިއްކައިގެން "މަހުޖަނުންނަށް" ވެފައި ތިބި ދެ މީހުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ހަނީފްގެ ފޮޓޯއެއް، އޭނާ ދަތުރުކުރަނީވެސް ބިޒްނަސް ކްލާހުގައި

އެނގިފައިވާގޮތުން ރާއްޖޭގައި އުޅޭތާ ވިހި އަހަރުވެފައިވާ ޝަފީގުލް އަކީ، "މާސްޓަރު" ގެ ނަމުން މަޝްހުރުވެފައިވާ މީހެކެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވާގޮތުން ޝަފީގުލްގެ އެހީތެރިއަކީ ދިވެއްސެކެވެ. އެ ދިވެހި މީހާއަކީ ކާކު ކަމެއް، ނުވަތަ މިހާރު އޭނާއަކީ ކޮބައިކަމެއް ސާފު ނުވި ނަމަވެސް ރާއްޖެ އައިސް އެންމެ ފުރަތަމަވެސް ޝަފީގުލް ފެށީ ވިޔަފާރި ކުރަންށެވެ. އެގޮތުން ރ.އަލިފުށީގެ މީހެއްގެ މައްޗަށް ވިޔަފާރިއެއް ރެޖިސްޓްރީކޮށް އެ ހުރިހާކަމެއް މެނޭޖްކޮށް ބަލަހައްޓަމުން އައި އޭނާއެވެ. މިވީ އަހަރުތަކުގެ ތެރޭގައި އޭނާ ހަމައެކަނި މާލޭގައި ވެސް، ހެންވޭރުގެ ދެ ގެސްޓް ހައުސްއަކާއި، މާފަންނާއި އަދި މައްޗަންގޯޅި އަދި ހެންވޭރުވެސް ހިމެނޭހެން އަންނަނީ ކަންމަތީ ފިހާރަތައް ހިންގަމުންނެވެ.

ރާއްޖޭގައި ހަމަ މިގޮތަށް ދިރިއުޅެމުން އަންނަ އެތައް ބަޔަކު އުޅޭނެއެވެ. ނަމަވެސް، އިމްގްރޭޝަންގެ ރާޑަރަށް ޝަފީގުލް އެރިގޮތެއް ސާފެއް ނުވެއެވެ. މިހާ ގިނަ ދުވަސްތައް ފާއިތުވެ، ބިދޭސީންގެ އިތުރުން ދިވެހިންގެ މެދުގައިވެސް އޭނާ މަޝްހޫރު ވެގެންދިޔައިރު އިމްގްރޭޝަނަށް އެކަން ނުބެލެހެއްޓުނީ ބާއެވެ؟ ނުވަތަ ހަމަ އަޅާނުލާ ދޫކޮށްލީބާއެވެ؟

ފޮޓޯ: ޓްވިޓާ/ އިމްގްރޭޝަން --- ޑީޕޯޓު ކުރި ޝަފީގުލް، އޭނާ އަކީ މާލޭގައި ފިހާރަތައް ހިނގަމުން އަންނަ މީހެއް

ދެން އޮތީ، "ލެވިޝް" ދިރިއުޅުމެއްގެ ވެރި އަބޫ ހަނީފްގެ ވާހަކައެވެ. 2014 ވަނަ އަހަރު އަބޫ ހަނަފީއަށް އިމްގްރޭޝަނުން ދޫކުރި ވޯކް ޕާމިޓްގައި ވާގޮތުން އޭނާ ރާއްޖެއަށް އެތެރެވީ ވަޑާން ކުރުމުގެ މަސައްކަތަށެވެ. އެހެން ނަމަވަސް ހަތަރު އަހަރުތެރޭގައި އޭނާގެ ނެތް އަގު ބޮޑު މުދަލެއް ނެތެވެ. އެއާޕޯޓުގައި ފުރަންގޮސް ހުއްޓައި އަތުލައި ރާއްޖެއިން ޑީޕޯޓު ކުރިއިރު އޭނާއަކީ މަނީ ލޯންޑާ ކުރުމުގެ ތުހުމަތު ކުރެވުނު މީހެކެވެ. އަބޫ ހަނީފް ޑީޕޯޓު ކުރަމުން އިމްގްރޭޝަނުން ބުނެފައިވަނީ، ހަނީފް ޑީޕޯޓް ކުރަން ޖެހުނީ އޭނާއަށް ދޫކޮށްފައިވާ ހުއްދައާއި ހިލާފުވުމުން ކަމަށެވެ.

ފޮޓޯ: ޓްވިޓާ --- ހަނީފް އެއާޕޯޓުގެ ވީއައިޕީ ލޯންޖުގައި، ގައުމުގައި އޭނާ އަގުބޮޑެތި ކާރުތައް ދުއްވާ

ކުރިން މި ފާހަގަކުރިހެން އަބޫ ހަނީފްގެ ތަނަވަސް ދިރިއުޅުމުގެ ވާހަކައެވެ. އެ ދިރިއުޅުމާއި ހަމައަށް ދެވުނީ ކަޅު ފައިސާ ދޮވެ ވިއްކައިގެނެވެ. މިހާ ބޮޑު ތުހުމަތެއް ބިދޭސީއަކަށް ކުރެވުނުއިރު، އިމްގްރޭޝަނުން އެކަން ދޮގެއް ނުކުރެއެވެ. އަދި އެ މައްސަލައަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ. ބިދޭސީން ރެކްރޫޓު ކުރާ ވާހަކަ، ބާރު ލާފައި ދައްކާއިރު އަބޫ ހަނީފްއާއި އެއްވެސް ސުވާލެއް ނުކުރެވި ހަމައެކަނި ކޮށްލީ ޑީޕޯޓެވެ.

https://twitter.com/ilmuveriyaa/status/1172566791840653312?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1172566791840653312&ref_url=https%3A%2F%2Fmihaaru.com%2Fnews%2F61256

މިހާހިސާބުން އަނެއްކާވެސް ސުވާލެކެވެ. ސޯޝަލް މީޑިއާގައި ވާ ފޮޓޯތަކެވެ. އަބޫ ހަނީފް އެ ދަތުރުކުރަނީ ދުނިޔޭގެ މަޝްހޫރު އެމިރޭޓްސްގެ ބިޒްނަސް ކްލާސްގައެވެ. މިއީ 400$ ގެ ވާހަކައެވެ. ގައުމުގައި އަގޮބޮޑު ކާރުތައް ދުއްވައެވެ. އަތުގައި އެއޮތީ އެޕަލް އައި ވޮޗްއެކެވެ. އެއް ބިޒްނަސް މީޓިންއިން، އަނެއް މީޓިންއަށެވެ. މިހާވަރުގެ މީހަކަށް އަޅާނުލާ ދޫނުކޮށްލަންވީ ސަބަބެއް ނެތް ނޫންތޯއެވެ.

މިފަދަ މައްސަލަތަކުގައި ޝާމިލްވާ މީހުން ޑީޕޯޓުކޮށްލުމަކީ ހައްލެއް ނޫނެވެ. އެހާހިސާބުން އެމީހުންގެ މަސައްކަތް ޓޭކްއޯވާ ކުރާނީ ރާއްޖޭގައި ހުރި އެމީހުންގެ ބައިވެރިއެކެވެ. ދަބަސްތަކުގައި ޑޮލަރު ބޭރުކުރުމަކަށް ހުއްޓުމެއް ނާންނާއެވެ. މީގެ ކުރިންވެސް އިމިގްރޭޝަނުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އެތައް ބަޔަކު ޑީޕޯޓު ކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުން ޝަހުސު އޮޅުވާލައިގެން އަނެއްކާވެސް ރާއްޖެ އެތެރެވެފައި އެބަހުއްޓެވެ. ދާދިފަހުންވެސް އިމިގްރޭޝަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އެފަދަ މީހެކެވެ.

https://twitter.com/tedry/status/1172771338060062721?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1172771338060062721&ref_url=https%3A%2F%2Fmihaaru.com%2Fnews%2F61256

ފޮޓޯ: ޓްވިޓާ --- ހަނީފް އަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތު

ފޮޓޯ: ޓްވިޓާ --- ހަނީފް އަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތު

ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންނާއި ބެހޭ މައުލޫމާތުތަކާއި އެމީހުން ރާއްޖޭގައި ހިންގަމުން އަންނަ ވިޔަފާރިތަކާއި ބެހޭ މައުލޫމާތުތައްވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އާއްމުކޮށްފައެވެ. އެފަދަ މީހުންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ލީކުކޮށްލަނީ އިއްޔެއަކު ނުވަތަ މިއަދަކުވެސް ނޫނެވެ. މިއީ އާއްމުކަމެކެވެ. ނަމަވެސް އެޅުނު ސީރިއަސް ފިޔަވަޅެއް ނެތެވެ.

 

ބިރު ދެއްކުމާއި ނުފޫޒު؟ މިއީ ކިހިނެއް ވާ ކަމެއް؟

އިމިގްރޭޝަން ކޮންޓްރޯލަރު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ ދައްކާ ބިރަކަށް އަދި ނުފޫޒެއްގެ ދަށުނުވެ ބިދޭސީންގެ މައްސަލަ އަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ. ކޮންޓްރޯލާ އެ ވިދާޅުވަނީ ކޮން ބިރަކާއި ނުފޫޒެއްގެ ވާހަކަތޯއެވެ؟ ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ ނުފޫޒުން އެއްކިބާވެ ހުރެގެންނެވެ.

އެހެން ނަމަވެސް، ސިކުނޑީގައި ބޮޑު ސުވާލުމާކެއް ކުރަހާލީ ހަނަފީގެ ޓްވީޓުންނެވެ. "ބިރު ދެއްކިޔަސް ފަހަތަކަށް ނުޖެހޭނެ" މިހެން ބުނެ ހަނަފީ ޓްވީޓު ކުރީ ދެ ބިދޭސީން ޑީޕޯޓު ކުރި މައްސަލައަށް އިޝާރާތްކޮށްފަ ބާއެވެ؟ އެ ބުނާ ބިރެއް އަންނަނީ އެމީހުންގެ އެޖެންޓުން ނުވަތަ "ދިވެހި ބޮޑުން" ގެ ފާރާތުން ބާއެވެ.

 

ހައްލަކީ ކޮބާ؟

މިއަދު މިކަމަށް އޮތް ހައްލާއި ގުޅޭގޮތުން ވާހަކަ ދެއްކޭކަށް ނެތެވެ. ސަބަބަކީ ވާނެ "ހައެއްޗެއް" ވެ ނިމިފަ އޮތީމައެވެ. ދެން އޮތީ އެ ހަޑިތައް ފޮޅާ ސާފު ކުރުމެވެ. ރައްޖޭގައި ބިދޭސީއަކު ގާނޫނާއި ހިލާފުވިޔަސް އޭނާއަށް ދެވޭ މާ ބޮޑު އަދަބެއް ނެތެވެ. ޑީޕޯޓު ކުރުމާއި އެކު އަމިއްލަ ގައުމަށްގޮސް އުޅޭނެ ގޮތަކަށް ހަމަ އުޅެންވީއެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޯކް ވިސާގެ ދަށުން ރާއްޖެ އެތެރެވީ 144،607 މީހުންގެ ތެރެއިން 63،000 މީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ މީހުންނެވެ. މާސްޓަރުންނަކީ ހަމައެކަނި ގަވައިދާ ހިލާފަށް އުޅޭ މީހާއަށްވެސް ނުވެދާނެއެވެ.

ގާނޫނާއި ގާނޫނު ތަންފީޒު ކުރުމުގެ ވާހަކަ ދެއްކިދާނެއެވެ. އެހެން ނަމަވެސް، އެ ގާނޫނުތަކުގައި ހުރި ލޫޕް ހޯލްތައް ދެއްކުމަކީ ވެސް ފަރުޖައްސާލެވޭނެ ކަމެއް ނޫނެވެ. މާސްޓަރުން ހައްޔަރު ކުރަން ޖެއްސޭނެ ކިތަންމެ އޮޕަރޭޝަނެއް ހުންނާނެއެވެ. ދެ މީހަކު ތިން މީހަކު ޑީޕޯޓުކޮށްލާ ނޫސްބަޔާނެއް ނެރެލުމަކީ އަދި މާ މޮޅުވުމެއް ވެސް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: