ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ދަތުރުކުރަމުން ދަނީ ނުރައްކާތެރި މަންޒިލަކަށް: މިނިސްޓަރ އިމްރާން

މިނިސްޓަރ އިމްރާން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި 10 އަހަރު ދުވަހަށް ބަލާއިރު ދިވެހިރާއްޖެ ދަތުރުކުރަމުން އަންނަނީ ވަރަށް ނުރައްކާތެރި މިސްރާބަކާއި ދިމާލަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން އެފަދައިން ވިދާޅުވި، އިސްކަންދަރު ސުކޫލުން 2018 ވަނަ އަހަރު އެންމެ ރަގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

 

“އަދި ރާއްޖެ ދަތުރުކުރަމުން މިދަނީ، މިސާލަކަށް މީގެ ދިހަ ވަރަކަށް އަހަރު ކުރިއަށް ބެލި ނަމަވެސް، އަދި ދަތުރު ކުރަމުން މިދަނީ ހަމަ ނުރައްކާތެރި މިސްރާބަކާއި ދިމާލަށް. އަޅުގަނޑުމެން ކެނޑިނޭޅި ރެޔާ ދުވާލު މަސައްކަތް އެބަ ކުރަން މިކަންކަމުން ސަލާމަތްކުވެވެން ހުރި ހުރިހާ ގޮތަކަށް،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަން ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ބަލަމުން އަންނަ ކަމަށާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމާ ހަމައިން ފެށިގެން ގޮސް، ރިހެބިލިޓޭޓް ކުރުމާ ހަމައަށް އެކަން ބަލަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ތައުލީމީ ރޮނގުންނާއި އެހެނިހެން ދާއިރާތަކުން ދިވެހިން ހޯދާފައިވާ ކުރިއެރުންތަކާ މެދު އުފާކުރައްވާ ކަމަށާއި، ނަމަވެސް ހިތާމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ.

“ހާއްސަކޮށް ޑްރަގްގެ ނުބައި ވަބާގައި ޖެހި އޭގެ ޝިކާރައަކަށްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި އެތައް ކުށްތަކަކަށް ގޮސް އޭގެ ޝިކާރައަކަށްވެ ހިނގަމުންދާ ހާދިސާތަކަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ގައުމަށް ނުރައްކާތެރި ކަމެއް،” އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކައިގައި ދިވެހިން އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދަމުން އަންނަކަން ވަނީ ފާހަގަކުރައްވައިފައެވެ.

އެހެންކަމުން ދިވެހިންނަށް މިފަދަ ފުރުސަތުތައް އޮތްކަން ސާބިތުވާ ކަމަށާއި، ކާމިޔާބީ ހާސިލުކުރަން ބޭނުންވާނަމަ ދެ ދުނިޔެ ބާއްޖަވެރި ކުރެވޭނެ ފަދަ ގޮތަކަށް ތައުލީމީ ނިޒާމު ބައްޓަން ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކާމިޔާބަކީ ހަމައެކަނި މޮޅު އިލްމެއް ލިބިގެން ހާސިލުވާ ކަމެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މީހާގެ އަހުލާގާއި، އުޅުމަކީ ވެސް ކާމިޔާބީގައި ބޮޑު ދައުރެއް އަދާކުރާ ކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: