ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑަށް ހީވޭ ސަރުކާރުގެ ހިނގުން ތަންކޮޅެއް ލަސްހެން: ރައީސް ނަޝީދު

ފޮޓޯ: މިހާރު އޮންލައިން/ ހުސެއިން ވަހީދު --- ސަރުކާރު ހިނގުން ލަސް ނޫންކަމަށް ރައީސް ނަޝީދު މީގެހަފްތާއެއް ހާ ދުވަސްކުރިން ވިދާޅުވި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ދުވެލި މަޑުކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، ސަރުކާރުގައި ލަސް ކަމެއް އުޅޭހެން ހީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މީގެ ކުރިން ރައީސް ނަޝީދު ވަނީ ސަރުކާރުގެ ދުވެލި ރަނގަޅު ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވެފައެވެ.

އެގޮތުން އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި ވެސް ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވައި ސަރުކާރުގެ މަސައްކަތްތައް ދަނީ ރަނގަޅަށްކަމަށް ރައީސް ނަޝިދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދު ތަމްސީލު ކުރައްވާ ދާއިރާ މައްޗަންގޯޅި މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރަނގަޅު ވިސްނުންތަކެއް ގެންގުޅޭ ކަމަށާއި އަދި ކުރިއަށް ހުރީ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލަސް ކަމެއް އުޅޭކަމަށް އެމަނިކުފާނަށް ވެސް ހީފުޅުވާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް މަސްތަކުގައި އެކަަމަށް ހައްލެއް އައިސް ސަރުކާރުގެ ދުވެލި ރަނގަޅުވެގެން ދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވިވެ.

ސަރުކާރު ހިނގުން ލަސްވާކަމަށް ރައީސް ނަޝީދު ވިދާޅުވީ ދާއިރާގެ އާއްމު ރައްޔިތަކު މަޖިލީސް ހިނގާ ސްޕީޑުގައި ސަރުކާރު ކުރިޔަށް ނުދަނީ ކީއްވެގެންތޯ ސުވާލު ކުރެއްވުމުންނެވެ.

ސަރުކާރެއްގެ ދުވެލި ހަލުއިވާނެ ބައެއް ސަބަބުތައް ވެެސް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ހުރިހާ ވުޒާރާތަކަކުން ވެސް ގުޅިގެން ބާރަށް މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި ކަންކަން ނުކުރެވި ލަސްވުމުގައި ފަރުވާކުޑަވުމާއި، އިހުމާލުވުން ވެސް އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

“ދެން ބައެއް ފަހަރަށް އެއްތަނުން އަނެއް ތަނަށް ސިޓީ ފޮނުވުމުގައި ދިމާވާ ލަސްވުމާއި ފަރުވާކުޑަ ކަމުން ދިމާވާ ލަސްވުމާއި ކަންކަމާ އަޅާނުލެވޭތީއާ ކަންކަން ނުބަލަހައްޓާތީއާ މިހެން ގޮސް މި ހުރިހާ ކަމެއް އެބަހުރި. އުއްމީދު ކޮށްގެން މިހުންނަނީ ކުރިޔަށް މި އަންނަ މަސްތަކުގައި ތަންކޮޅެއް ބާރުވާނެ ކަމަށް” ރައީސް ނަޝީދު ވިދާޅުވި އެވެ.

މަސައްކަތްތައް ކުރިޔަށް ގެންދެވޭނީ ހުރިހާ ވުޒާރާ ތަކާއި އަދި އިދާރާތަކުންވެސް އެކުގައި ބާރަށް މަސައްކަތްކޮށްގެން ކަމަށާއި އަޅާނުލާ އެއްވެސް ކަމެއް ދޫކޮށްގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއްތަނުން އަނެއްތަނަށް ސިޓީ ފޮނުވުން ލަސްވުމާއި، އެކި މުއައްސަސާތަކުގެ މެދުގައި މުއާމަލާތް ކުރުމުގައި ލަސްވުންތަކެއް އުޅޭކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މަސައްކަތްތައް ކުރިއަށް ގެންދާލެއް ލަސްކަމަށް ބުނެ މީހުން ދައްކާ ވާހަކަތަކަށް މީގެ ކުރިން އެ މަނިކުފާނު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ކޮންމެ ސަރުކާރެއްގެ ވެސް މަސައްކަތްތައް ފެންނަން ފަށަނީ ދެވަނަ އަހަރު ކަމަށެވެ. 

އުންމީދަކީ ކުރިއަށް އޮތް މަސްތަކުގައި އެކަމަށް ހައްލެއް އައިސް، ސަރުކާރުގެ ދުވެލި ރަނގަޅުވެގެން ދިއުން ކަމަށާއި އެކަން ހައްލުކުރުމަށް ހުރިހާ ވުޒާރާތަކަކުން ވެސް ގުޅިގެން ބާރަށް މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ސަރުކާރަށް ކަންކަން ނުކުރެވި ލަސްވުމުގައި ފަރުވާކުޑަވުމާއި އިހުމާލުވުން ވެސް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އިދިކޮޅު ފަރަތްތަކާއި އަދި އާއްމުންގެ ކަންބޮޑުވުން އިތުުރުވެފައިވާ ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހާއި ގުޅޭގޮތުން ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާ ކުރެވުނު އެއް ބޭފުޅަކީވެސް އެމަނިކުފާނު ކަމަށާއި އަދި ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު އެމަނިކުފާނަށް ދެރަ ގޮތްތަކެއް މެދުވެރިކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޗީދު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް މިހާރު ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކާއެކު އެ ބިލް އިންތިހާއަށް މުހިންމު ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: