ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު ކެނޑެނީ ކުރީގެ ސަރުކާރުގެ އިހުމާލަކުން ނޫން: ނިމާލް

ފޮޓޯ:މޯލްޑިވްސް ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ރަށްރަށުން ކަރަންޓު ކެނޑި ކަރަަންޓުގެ މައްސަލަ ޖެހެނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ އިހުމާލުން ނޫންކަން އެރަށްރަށުގައި ތިބޭ އާންމު ރައްޔިތުން ގަބޫލު ކުރައްވާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނިމާލު ވިދާޅުވީ، މި ސަރުކާރުން މީޑިއާގައި ކަރަންޓުގެ މައްސަލަ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ބޮލުގައި އެޅުވި ނަމަވެސް އެކަން ރައްޔިތުން ގަބޫލެއް ނުކުރައްވާނެ ކަމަށެވެ.

ގިނަ ރަށްރަށުގައި ކަރަންޓުގެ މައްސަލަ ނުޖެހިު އެ ހިދުމަތް އެދެވެނީ ރައީސް ޔާމީންގެ ސަރުކާރުުގެ ހަރުދަނާ ސިޔާސަތު ތަކުގެ ސަބަބުން ކަމަށްވެސް ނިމާލު ވިދާޅުވިއެވެ.

ނިމާލް ވިދާުޅުވީ އަދުގެ ސަރުކާރުން ދަނީ ކުރިމަގުގައި އެހެން ބަޔަކު ވެރިކަމަށް އައިސް، މިހާރުގެ ސަރުކާރުން ކުރާ ކަންތައް ބަލާނެ ކަންވެސް ނުވިސްނާ މާލީ ފައިދާތައް ހަސިލުކުރަމުން ކަމަށެވެ.

ބައެއް ރަށްރަށުގައި ގަސްތުގައި ކަރަންޓު ކަނޑާލައި، އާ އިންޖީނުތައް ގަނެ އެ ގަންނަން ހަރަދުވާ ލާރިން ބޮޑު ބައެއް އެބޭފުޅުންގެ ޖީބަށް އަޅުއްވާ ކަމަށް ނިމާލް ވިދާޅުވިއެވެ.

މި ސަރުކާރުން ކުރާ ކަމަކީ ގަސްތުގައި ކަރަންޓް ކަނޑާލުމަށް ފަހު ބޮޑު ޑްރާމާއެއް ކުޅުމަށްފަހު އެމަރޖެންސީ ޕާޗޭސް ރިކުއެސްޓް ކުރިއަށް ގެންދިއުމަށްޓަކައި  ބައެއް ރަށްރަށު ކައުންސިލްތަކާއި ގުޅިގެން ގުޅީ ފަޅު ތިލަފުށީ ނުވަތަ މާލެ ހުޅުމާލޭގައި ބޭނުންކޮށްފައި ހުންނަ ޖަނެރޭޓަރުތައް ދަންވަރު ވަގަށް ދޯނި ފަހަރުތަކަށް އަރުވައިގެން ކޮންމެ ޖަނެރޭޓަރަކުން އެތައް ބޮޑު ކޮރަަޕްޝަންގެ އަމަލެއް ހިންގުމަށްފަހު ރަށްރަށަށް ފޮނުުވާލާ ކަން ނިމާލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖެއިން ކަރަަންޓު ކަނޑައިގެން ދިޔަޔަސްވެސް މިވަގުތު ފެނަކައިގެ އިސް މަގާމުތައް ފުރައްވަމުން ގެންދަވާ ބޭފުޅުން އުފާ ފާޅުކުރައްވާނެ ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ، އޭނާ ފެނަަކައިގަ މަަސައްކަތް ކުރެއްވިއިރު އެއްވެސް ކޮރަޕްޝަންގެ އަމަލެއް ނުހިންގަވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަބަދުވެސް މަަސައްކަތް ކުރެއްވީ ފެނަކަ ކުރި އެރުއްވުމަށް ކަމަށެވެ.

https://www.facebook.com/SanguTelevision/videos/2368532883259770/?epa=SEARCH_BOX

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: