ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިންގް ސިސްޓަމްތަކަކީ ވަގުތީ ހައްލެއް، ޕާކިންގް ބިލްޑިންތަކާއި އެކު ދާއިމީ ހައްލު ފެންނާނެ: ޕްލޭނިންގް މިނިސްޓްރީ

ޕާކިން ސްލޮޓްތަކަށް އެދުމަށް ހުޅުވާލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާކިންގް ސިސްޓަމްތަކަކީ ވަގުތީ ހައްލެއް ކަމަށާއި މާލޭއަށް ދިމަވެފައިވާ ޕާކިންގް މައްސަލައަށް ހަލެއްލިބޭތަން ފެންނާނީ މަލްޓިސްޓޯރީ ޕާކިންގް ބިލްޑިންގްތައް އަޅާ ނިމުމުން ކަމަށް ޕްލޭނިންގް މިނިސްޓްރީއިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެ މިނިސްޓްރީ އިން ބޭއްވި ނުވަގަޑި ޕްރޮގްރާމުގައި ޕްލޭނިން ޑިޕާޓްމެންޓުން ބުނީ ޕާކިންގް މަައްސަލަ ހައްލުކުރުމަށް މިދިޔަ ފަސް އަހަރުން ފެށިގެން 3 ހައްލެއް ގެންގުޅެފައިވާ ކަމަށެވެ.

އޭރު ކުރި މަޝްވަރާގެ ތެރެއިން ޕާކިންގް ސިސްޓަމްތަކަކީ އަވަސް ހައްލެއް ގެނައުމުގެ ގޮތުން އޭރު ހިންގި މަޝްރޫއުއެއް ކަމަށެވެ. އަދި މާލޭގައި ހުރި ހުސްބިންތަކުގައި ޕާކިންގް ޒޯންތަށް ތަރައްޤީ ކުރުމުގެ ޕްލޭން އެކުަލާވާ އެ މަސައްކަތް އޭރު ފަށާފައިވާ ކަމަށް ބުނިއެވެ.

އޭގެ އިތުރުން މަލްޓި ސްޓޯރީ ޕާކިންގް ބިލްޑިންގް ތަކެއް އެޅުމަށްވެސް އޭރު ވިސްނުން ގެންގުޅުނު ކަމަށެވެ. ޕާކިންގް ބިލްޑިންގް ތަކެއްް އެޅުމަށް މިހާރު އެ މަޝްރޫޢު ރިވިއު ކުރަމުންގެންދާ ކަމަށް ޕްލޭނިން ޑިޕާޓްމަންޓްއިން ބުނެއެވެ.

މާލެއަށް ދިމާވެފައިވާ  ޕާކިންގް މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން މާލޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކޮށްފައިވާ ޕާކިންގް ސިސްޓަމްތަކުގެ ތެރެއިން ވެލާނާ ބިލްޑިންގް ސަރަޙައްދުގައި އެޅި ޕާކިންގް ސިސްޓަމް ފިޔަވާ އެހެން ހުރިހާ ސިސްޓަމްތަކެއް މިހާރު ވަނީ ނަގާފައެވެ.

ޕްލޭނިން މިނިސްޓްރީއިން ބުނީވެލާނާ ބިލްޑިންގް ސަރަޙައްދުގައި ހުރި ޕާކިންގް ސިސްޓަމް ނެގުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށެވެ.

“ޕާކިންގް ސިސްޓަމްތަކުގެ ކޮންޑިޝަންއަށް ބެލުމަށްފަހު މި ސަރުކާރުން ނިންމީ ސިސްޓަމްތައް ނަގަން. ވެލާނާގެ ކައިރީ ހުރި ސިސްޓަމް ނުނަގާގޮތަށް އޮތީ. އެއީ ކުރިންވެސް ބޭނުން ކުރި ސިސްޓަމަކަށްވެފައި، އެކަމާ ގުޅޭގޮތުން އަދި ގޮތެއް ނުނިމޭ،”

 

ޕާކިންގް ސިސްޓަމްތައް ނެގުމަށްފަހު އެ ބިންތައް މިހާރު ބޭނުންކުރަނީ ޕާކިންގް ޒޯންތަކެއްގެ ގޮތުގައި ކަމަށް ޕްލޭނިންގ ޑިޕާޓްމަންޓުން ބުނެއެވެ.

ނަމަވެސް މާލެއަށް ދިމާވެފައިވާ ޕާކިންގ މައްސަލައަށް އެންމެ އެދެވޭ ހައްލެއް ފެނިގެން ދާނީ ޕާކިންގް ބިލްޑިންގްތަށް ތަރައްޤީ ކުރަންފެށުމުން ކަމަށް ބުންޏެވެ.

ޕްލޭނިން ޑިޕާޓްމަންޓް އިން މައުލޫމާތު ދެއްވާ ގޮތުގައި މާލޭގައި ޕާކިންގް ބިލްޑިންގްތައް އެޅުމަށް ވަކި ސަރަޙައްދުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް ސަހަރާތަށް ހިމެނޭތީ މިހާރު އިސްލާމިކް މިނިސްޓްރީއާއި ވާހަކަދައްކައިގެން މަސައްކަތް ރިވިއު ކުރަމުންދާ ކަމަށް ބުންޏެވެ.

މި ސަރުކާރު އައިފަހުން މިހާތަނަށް މާލޭގައި ޕާކިން އަށް ހާއްސަކޮށްގެން ގިނަ ޖާގަތަކެއް ހެދިފަިއވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން އަސަރީ ކެފޭ ހުރި ސަރަހައްދުގައި ހަދާފައިވާ ޕާކިން ސަރަހައްދުގައި 150 ސައިކަލު ޕާކު ކުރެވޭނެ ކަމަށާއި ހީނާ މާގޭގައި ހަދާފައިވާ ޕާކިން ސަރަޙައްދުގައި 50 ސައިކަލު އަދި ހަތަރު ފުރޮޅުލީ 11 އުޅަނދު ޕާކު ކުރެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންނެއެވެ.

މީގެ އިތުރުން މާފަންނުއާގޭގައި ހަދާފައިވާ ޕާކިން އޭރިއާގައި ހަތަރު ފުރޮޅުލީ 44 އުޅަނދު ޕާކު ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީއިން މައުލޫމާތުދެއެވެ. އަދި ހެވީ ވެހިކަލްތަކަށް ހާއްސަކޮށްގެން މާލޭ އިންޑަސްޓްރިއަލް ވިލެޖުގައިވެސް ޕާކިން ސަރަހައްދެއް ގާއިމްކޮށްފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: