ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނގަޅު ނަތީޖާއެއް ހޯދުމަށް ބޭނުންވަނީ މޮޅު ޓީޗަރުން: އެޑިއުކޭޝަން މިނިސްޓަރ

ގައުމީ ގަދަ ދިހެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ .-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތައުލީމީ ދާއިރާއަށް އެދެވޭ ފަދަ މޮޅު ބަދަަލެއް ގެނެވޭނީ ފެންވަރު ރަނގަޅު ޓީޗަރުން ތިބެގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އައިޝަތު އަލީ މިފަދައިން ވާހަކަފުޅު ދެއްކެވީ މިިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން، ގައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި އެސްޓީއޯ ޓޮޕް އެޗީވާސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ، މަދަރުސާއެއްގެ ފެންވަރު ރަނގަޅު ކުރުމަށް އަދި ދަރިވަރުން އުނގެނޭ މިންވަރު މަތިކުރުމަށް އެންމެ އިސް ރޯލެއް އަދާ ކުރަނީ މުދައްރިސުން ކަމަށާއި އަދި ދަރިވަރުން ތިން ވަރަކަށް އަހަރު ރަނގަޅު މުދައްރިސަކާއެކު ހޭދަކޮށްފިނަމަ މުޅި އުމުރަށް އެކަމުގެ ހެޔޮ އަސަރު ކުއްޖާއަށް ކުރާކަމަށެވެ.

ފެންވަރު ދަށް ޓީޗަރުން ކިޔަވައިދިނުމުން ދަރިވަރުންގެ ހަގީގީ ފެންވަރަށް ނާދެވުމުގެ އިތުރުން ޓީޗަރުން ދެކެ ވެސް ފޫހިވެދާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެއާ ހިލާފަށް މޮޅެތި ޓީޗަރުން ކިޔަވައިދޭ ނަމަ ދަރިވަރުން މޮޅުވާނެ ކަމަށެެވެ.

“މި ދެންނެވި ނުރައްކާތެރި ބުރު ބުރިކޮށްލެވޭނީ އަޅުގަނޑުމެންނަށް. އެއީ މަދަރުސީ ނިޒާމުގެ ބޮޑުކަމާއި ބުރަހެލި ކަމާއި މަދަރުސާ ނިންމާ މޮޅެތި ކުދިން މުދައްރިސް ކަމަށް ކުރިމަތިނުލާ ސަބަބުތައް ގިނަކަމުން. މިއީ ރާއްޖޭގެ ތައުލީމަށް ރޯޝަނީ އާ ދައުރެއް ގެނައުމަށް ކުރަންޖެހޭ ކަމެއް،” މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު މުދައްރިސުންނަށް ދޭންޖެހޭ ހައްގު ގަދަރު ނުދެވޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން މޮޅެތި ދަރިވަރުން މުދައްރިސް ކަމަށް ކުރިމަތި ނުލާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ކަމުން މިކަމަށް ހައްލެއް ގެނައުމަށް މުދައްރިސުންނަކީ ހުނަރުވެރި، ހިކުމަތްތެރި، މުރާލި އަދި ސިއްހަތު ރަނގަޅު ބަޔަކަށް ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދިވެހިންނަކީ ޓީޗަރުންނަށް ވަރަށް ބޮޑަށް އިހުތިރާމްކުރި ބައެއް ކަމަށާއި ނަމަވެސް މި މުހިއްމު މަސައްކަތަށް މިހާރު ދޭންޖެހޭ ގަދަރު މިހާރު ވަނީ ކުޑަވެފައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީީގެ އިތުރުން އެތައް ދިރާސާއަކުން ދަރިވަރުންގެ ގޭގެ މާހައުލާއި ކަރިކިއުލަމްއާއި މަދަރުސާގެ ހިންގުން އަދި ފޮތްތަކުން ދަރިވަރުންނަށް އަސަރެއް ކުރިއަސް ދަރިވަރުންގެ ކިޔެވުމަށް އެންމެ ބޮޑު ބަދަލެއް ގެނައުމަށް މެދުވެރިވާ ވަސީލަތަކީ މުދައްރިސުންކަން ޔަގީންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުންގެ އަދަދު މިއަހަރު 404 އަށް އަރާ ކަމަށާއި އެ އަދަދު ދެގުނަ އިތުރު ކުރެވޭނެ ކަމަށެވެ.

މިނިސްޓަރ އައިޝަތު އަލީ ވަނީ ކިޔެވުމުން ރަންވަނަ ހޯދި ދަރިވަރުން ތައުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް އެދިވަޑައިގެންފައެވެ.

މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އެ ރަސްމިއްޔާތުގައި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: