ކުއްލި ޚަބަރު

ޓެރަރިޒަމްގެ ގާނޫނުގެ އިސްލާހަކީ ބިރުވެރި ރަނގަބީލެއްގެ އަޑު: ރައީސް ޔާމީން

ދަވާލައިފި ނަމުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ : މުހައްމަދު މުޒައްޔިން
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ނާމާންކަމުގެ ބިރުވެރި ރަނގަބީލެއްގެ އަޑުއިވުމުގެ ފެށުންކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ޝަރީއަތް ފެށިފަހުން ޕްރޮގްރެސިވް ކޯލިޝަންއިން ވަނީ ކައިރިކައިރީގައި ޕާޓީގެ ޖަލްސާތައް ބާއްވާފައެވެ. "ދަވާލައިފި" ގެ ނަމުގައީ ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ފަޑުވިދާޅު ނުވާނެކަމަށާއި، ފާޑުކިޔަންވީ ކަމެއް ވެސް ނެތީކަމަށެވެ.އަދިމަސައްކަތެއްކުރިޔަށްގެންދިޔަސްއޭގައިވަނީހުސްގޯސްތައްކަމަށްރައީސްޔާމީންވިދާޅުވިއެވެ.

އެންމެ ކުރީއްސުރެ އެމްޑީޕީގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ، ޖުޑީޝިއަރީ އިސްލާހު ކުރުމުގެ ތެރެއަށް ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވަނީ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައެވެ. މިވަގުތު އޮތް ޓެރަރިޒަމް ގާނޫނަކީ، ފުރިހަމަ ގާނޫނެއްގެ ގޮތުގައި ސިފަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއަށް ކުށްތަކެއް ކަމަށްބުނެ، ހުށަހަޅާފައިވާ އިސްލާހުން ނިކުމެދާނެ ނަތީޖާއަކީ ކޮބައިކަންވެސް މި ސަރުކާރަށް އެނގިވަޑައި ނުގަންނަވާކަމަށެވެ. ރާއްޖޭގައި ތިބީ ޓެރަރިސްޓުންކަމަށް ދައްކަން އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާއިރު އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ދާއިރާއިން ފެންނާނެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެއީ ކޮން މަންޒަރެއް ދެއްކުމަށް ކުރާ މަސައްކަތެއްކަމަށް ވިސްނިވަޑައި ނުގަންނަވާކަމަށެވެ. ރާއްޖެއަކީ ޓެރަރިސްޓުން ތިބި ގައުމެއްކަމަށް ދައްކަން ކުރާ މަސައްކަތަކީ "ނުރައްކާތެރި މަސައްކަތެއް"ގެ ގޮތުގައި ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހާއި މެދު ސުވާލު އުފައްދަވާ ރައީސް ޔާމީން ވިދާޅުވީ އެ އިސާލާހުގެ ބޭނުމަކީ ދީނީ އިލްމުވެރިންގެ ގޭގެއަށް ވަންނަން ހޯދާ ފުރުސަތެއްކަމަށެވެ. ނުވަތަ އެއީ ސިޔާސީ ބައެއް ފަރާތްތަކުގެ ސިޔާސީ ހަޔާތް އެފުށްމިފުށަށް ޖަހާލުމަށް ބޭނުންކުރާނެ އުކުޅުތޯވެސް ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.

"އެއްކޮޅުން މި ގޮވަނީ ފަތުރުވެރިން އަންނަން. އަނެއްކޮޅުން ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރަނީ. ކިހިނެތްތޯ ސަރުކާރުގެ ސިޔާސަތު މިއޮތީ، ހަމަ އެނބުރޭ ބުމަރެއްހެން މި އޮތީ. ހަމަ ޔަގީނުން ވެސް އަޅުގަނޑަކަށް ނޭނގޭ ނަގާނީ ކޮން ކޮޅެއްކަމެއް" ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މިހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލްގައި ބުނެފައި ވަނީ އެ ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކާއި އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާ ނުކުރުމަކީ ކުށެއް ކަމަށެވެ. ހަމައެހެންމެ އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ނުދިނުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެނަމަ މައުލޫމާތު ހާމަނުކުރި ފަރާތް ވެސް ކުށްވެރިވާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެނަމަ އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށާއި ކުށުގެ ނަތީޖާއެއްގެ ގޮތުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ކުށުގެ އަދަބަކީ 3 އަހަރާއި 5 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ވަނީ ހިމަނާފައެވެ.

ކުށުގެ ނަތީޖާއެއްގެ ގޮތުން މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ ކުށަށް އަދަބު ކަނޑައެޅޭނެ ގޮތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މުދަލުގެ އަގު 5،000،000 ރުފިޔާއަށް ވުރެ މަތިވާނަމަ ކުށްކުރި މީހާއަށް ލިބޭނެ އަދަބަކީ 3 އަހަރާއި 5 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މުދަލުގެ އަގަކީ އެއްލައްކަ ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަގެއް ކަމަށްވާނަމަ އަދަބަކީ 2 އަހަރާއި 1 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި މުދަލުގެ އަގަކީ 50،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާއި ދެމެދުގެ އަދަދެއްނަމަ ކުށުގެ އަދަބަކީ އެއް އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމެވެ. އެ ނޫން ހާލަތްތަކުގައި އެ ކުށުގެ އަދަބަކީ 6 މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ.

ބުރާސްފަތި ދުވަހު ކޮންގްރެސް ކޯލިޝަންއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މިއީ ދިވެހި ގައުމާއި، އިސްލާމްދީން ދެކެ ލޯބިވާ ފަރުދުން ނިކުމެ ގައުމު ސަލާމަތްކުރަން މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަ ބީދައިން، އިލްމުވެރިންނަށް އިލްމުވެރިންގެ ހިޔާލާއި އިލްމުވެރިން ދެއްވާ ރައުޔު އެބޭފުޅުންނަށް ހިޔާލު ފާޅުކުރެއްވޭނެ. ރާއްޖެ އަކީ ދުނިޔޭގައި އޮތް މެހެމާންދާރީ އެންމެ ބޮޑަށް އޮތް އަދި ބޭރުގެ ކަރަކަރައިގެ މީހުން މިތަނަށް އެންމެން އަންނަން ޒިޔާރާތްކުރަން ބޭނުންވާ މަންޒިލަށް ވެގެންދާއިރު، އަނެއްކޮޅުން ދައުލަތުގެ ފަތްތޫރަ މި ހިނގަނީ ކިހިނެއްތޯ؟ ހަގީގަތުގައި ރާއްޖޭގައި ޓެރަރިޒަމް ގިނަވެގެންތޯ މިއުޅެނީ؟" ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން މިއަދު ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށާ އެ ހާލަތު ބަދަލު ކުރަން ނުކުންނަން ތިބި ލީޑަރުން މިއަދު ނެތްކަމަށެވެ. އެހެންކަމުން އެ މަސައްކަތް އޮތީ ގައުމު ދެކެ ލޯބިވާ ރައްޔިތުންނަށް ކަމަށާއި އެ ރައްޔިތުންނާއެކު މަސައްކަތުގައި ދެމި ހުންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: