ކުއްލި ޚަބަރު

ސަރުކާރު ހިންގަނީ ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅާ އުސޫލުން: ރައީސް ޔާމިން

ދަވާލި ނަމުގައި ޕްރޮގްރެސިވް ކޮންގްރެސްއިން ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވާހަކަދައްކަވަނީ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރު ހިންގަނީ ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅާ އުސޫލުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްއިން ކާނީވާ ސަރަޙައްދުގައި "ދަވާލައިފި" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރުގެ ހުރިހާ މަސައްކަތެއް ފުނިޖެހި ދަރަނިތަށް ފުނިޖެހެމުންދާ ކަމަށާ ސަރުޚާރުގެ ނަތީޖާއަކީ ސުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރުން ދަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ކްރެޑިޓްް ނަގަމުންދާ ކަމަށެވެ.

ރައީސް ޔާމިންގެ ޒައާމަތުގައި ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމް އެއާޕޯޓުތަކުން ގުޅާލުމުގެެ ވިސްނުން ގެންގުޅުމުން އޭރު އިދިކޮޅު ފަރާތްތަކުން އެކަމަށް ޖޯކު ޖެއްސެވިއެވެ. ރައީސް ޔާމިން ވިދާޅުވީ ފަތުރުވެރިން އިތުރުކުުމަށް އެއާޕޯޓުތަށް އެޅުމުގެ މަސައްކަތް ފެށީ އެމަނިކުފާނު ކަމަށާއި ބަޔަކަށް އެއީ ފައިދާއެއް ނެތް ކަމެއް ކަމަށް ހީވި ނަމަވެސް އެއީ ރައްޔިތުންނަށް ލިބޭ މުއްސަނދި ކަމެއް ކަމަށް ވިދާޅުވިއެވެ.

އޭރު އެއާޕޯޓްތަކަށް ޖޯކު ޖެއްސެވި ބޭފުޅުން މިއަދު ވެރިކަމުގައި ތިއްބެވިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑޮމެސްޓިކް އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ފިލްމް ސިނަމާގެ މިސާލު ނަންގަވާ ރައީސް ޔާމިންގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުގެ މަސައްކަތުގެ ސްޕީޑު ދައްކަމަށާއި ރައްޔިތުން ގިނަދުވަހު އިންތިޒާރުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އެންމެ ހިތްގައިމު ތިއޭޓަރަކަށް ގޮސް ސްކްރީން ބަލަހައްޓައިގެން ތިއްބާ އެންމެ ޤަބޫލު ކުރާ ފިލްމު މިއޮއް އަންނަނީ، އަންނަނީ، އަންނަނީ. މަޝްރޫތަކަށް ވެސް ވަނީ މިހެން. އަންނަނީ އަންނަނީ. ދެން ރައްޔިތުން އަންނަނީ ހިނި." ރައީސް ޔާމީން ވިދާޅުވިއެވެ. 

މެނިފެސްޓޯއެއް ލިޔެފިކަމަށްވާނަމަ މެނިފެސްޓޯ ގެނެސް ތިރިކޮށްލުމަކީ މަދު ސިކުންތުކޮޅެއްގެ ކަމެއް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ނަމަވެސް އެފަދަ ބޭފުޅަކީ ކަމަށް ޤާބިލް ބޭފުޅެއްތޯ ޔަޤީން ކުރުމަކީ މުހިންމު ކަމެއް ގޮތުގައި ރައީސް ޔާމިން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ޖެހިފައި މިވާ މުސީބާތް ކުރިމަތިވީ ރައްޔިތުންގެ ސަބަބުން ނޫން ކަމަށާއި އެއީ އެހެން ބަޔަކު ކުރި ކަމެއް ކަމަށެވެ. ނަމަވެސް އެވާހަކަ އިތުރަށް ދައްކަން ބޭނުންފުޅު ނުވާކަމަށް އެމަނިކުފާން ވިދާޅުވިއެވެ. އަދި މިހާރުގެ ރައީސް އާއި ގުޅޭ ގޮތުން އިހާނެތިބަހެއް ނުދަންނަވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: