ކުއްލި ޚަބަރު

"ޗިލީ ސޯސް ޖަހައި ޝެއިޚުންގެ ތުބުޅި ބޭލުވި ކަމުގެ ތުހުމަތު ކުރި މީހުންގެ މިސްރާބު މިހުރީ ހަމަ އެ ދިމާލަށް: ޑރ ޖަމީލް

ޑރ މުހައްމަދު ޖަމީލް އަހުމަދު : ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ޗިލީ ސޯސް ޖަހައި ޝެއިޚުންގެ ތުބުޅި ބޭލުވި ކަމުގެ ތުހުމަތު ކުރި މީހުންގެ މިސްރާބު މިއަދު ހުރި ހަމަ އެ ދިމާލަށްކަމަށް ކުރީގެ ނައިބްރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ޖަމީލު މިހެން ވިދާޅުވެފައި މިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ  އިސްލާހުތަކާ މެދު އާންމުން ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މިހާރު ގާނޫނުގައި އޮތް ގޮތަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަކޮށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމަށް ވަނީ ހިމަނާފައެވެ.

ޖަމީލު ވިދާޅުވީ އިންސާފު ގާއިމު ކުރުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ހައްޤުތައް ނިގުޅައިގަނެ، ހަނިކޮށްގެން ޤާއިމްކުރެވޭނެ އިންސާފެއް އަދި މަސްލަހަތެއް ނޯންނާނެ ކަމަށެވެ.

"ޗިލީ ސޯސް ޖަހައި ޝެއިޚުންގެ ތުބުޅި ބޭލުވި ކަމުގެ ތުހުމަތު ކުރި މީހުންގެ މިސްރާބު މިހުރީ ހަމަ އެ ދިމާލަށް. މިފަހަރު ވެސް އަމާޒަކީ ދީނަށް އުޅޭ މީހުންބާ؟" ޖަމީލު ވިދާޅުވިއެވެ.

https://twitter.com/MJameelAhmed/status/1172069916054192130

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކަށް ބަލާއިރު ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރި މީހަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ހަމައެހެންމެ ޓެރަރިސްޓުން ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް ކޯޓު އަމުރަކާ ނުލާވެސް ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ލިބިގެންދާނެއެވެ. އެ ހައްޔަރުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 48 ގަޑިއިރުތެރޭ ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. ޖިނާއީ އިޖުރާއަތު ގާނޫނުގައި ހައްޔަރުކުރެވޭ އެއްވެސް މީހަކު 24 ގަޑިއިރަށް ވުރެ ގިނަ އިރު ބަންދުގައި ބެހެއްޓޭނީ ފަނޑިޔާރެއްގެ ހުކުމާއެކުގައި ކަމަށް ލިޔެވިފައި ވެއެވެ.

ބިލްގައިވާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް މަދުވެގެން ކޮންމެ 12 މަހަކުން އެއް ފަހަރު މުރާޖައާ ކުރަން ވާނެ ކަމަށް ބިލްގައިވެ އެވެ. މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ބިލްގައި ލާޒިމް ކުރެ އެވެ.

މީގެއިތުރުން އެ ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކާ އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާ ނުކުރުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: