ކުއްލި ޚަބަރު

ޚުދުމުހުތާރު ވެރިކަމެއް ކުރުމަށް ބަޔަކަށް އިތުރު ބާރެއް ދިނުމަށް ތާއީދެއް ނުކުރެވޭނެ: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް : ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ރައްޔިތުންގެމަޖިލީހުގެ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާއިދުކުރައްވާކަމަށާއި ނަމަވެސް ބަޔަކަށްހުދުމުހުތާރު ވެރިކަމެއް ކުރުމަށް ބާރުލިބޭފަދަ ކަންތައްތަކެއް ކުރުމުގެ ފުރުސަތުދިނުމަށް ތާއިދުނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ފެނޭތޯ ބެލުމަށް މެމްބަރުންނަށް އެރުވުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ތާއީދު ކަމަށެވެ. ނަމަވެސް ޚުދުމުހުތާރު ވެރިކަމެއް ކުރުމަށް ބަޔަކަށް އިތުރު ބާރެއް ދިނުމަށް ތާއީދު ނުކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ 30 އަހަރު ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ވެސް މިފަދަ ބާރުތަކެއް ފުލުހުންނަށް ދިން ކަމަށާއި އެތައް ބަޔެއްގެ ބުރަ މަސައްކަތުން ކުރީގެ ގާނޫނު އަސާސީ ބަދަލުކޮށް ހައްގުތައް ކަށަވަރުކޮށްފައިވަނިކޮށް މިކުރަން އުޅޭ މަސައްކަތް ބަލައިނުގަނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ސިޔާސީ ބޭނުންތަކަށް ވަކި ބަޔަކު ހައްޔަރުކޮށްގެން ބާރު ހިންގުމުގެ ފުރުސަތުވެސް ލިބިދާނެ ކަމަށް ބުނެ ސަލީމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދައުރުންބޭރުންބޭއްވިޖަލްސާގައިވާހަކަދައްކަވަމުން  ޕީއެންސީގެޕީޖީލީޑަރ އާދަމް ޝަރީފް އުމަރުވިދާޅުވީދައުރުންބޭރުން ޖަލްސާއެއްބޭއްވުމުގައިއެއްވެސްމައްސަލައެއްނެތްކަމަށެވެ. ނަމަވެސް މިއަދު ގައުމުގައި ހިނގަމުންދާ ކަންކަމާމެދު ވިސްނާލަންޖެހޭ ކަމަށާއި ހަމަހަގީގަތުގައިވެސް ގައުމަށް ބިރުވެރިކަމެއް އެބައޮތޯ ބަލަންޖެހޭ ކަމަށް އާދަމްޝަރީފް ވިދާޅުވިއެވެ. 

އެގޮތުން އާދަމް ޝަރީފް ވަނީ ރިޟްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.  އެގޮތުން ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ޕީޖީ ލީޑަރުންނަށް ލިބުނު ރިލްވާންގެ މައްސަލައިގެ ރިޕޯޓުގެ އެންމެ އަކުރެއް ފިއްޔެއްވެސް ލީކު ކޮށްލާފައި ނުވާނެ ކަމަށެވެ.

ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އުމަރު : ސަންގު ފައިލް ފޮޓޯ

އާދަމް ޝަރީފް ވިދާޅުވީ، އެ ރިޕޯޓުގައި ހުރި މައުލޫމާތުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސް މެންބަރުންނަށް ނުވަތަ ޕީޖީ ލީޑަރުންނަށް އެ ތަހުގީގު ރިޕޯޓު ލިބިގެން ދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ތަހުގީގު ރިޕޯޓު ލީކުވެގެން އުޅެނީ މަޖިލިސް ތެރެއިން ނޫން ކަމަށާއި އެފަދަ ކަމެއް މަޖިލިސް މެންބަރުން އަދި ޕީޖީ ލީޑަރުންވެސް ނުކުރާނެ ކަމަށެވެ. ނަމަވެސް އެ ތަހުގީގު ރިޕޯޓުގެ އެޑިޓޯރިއަލް ނުވަތަ އެ ތަހުގީގު ރިޕޯޓު ލިޔުނު މީހުންވެސް އެކަމުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ މަޖިލީހުން ރިލްވާންގެ މައްސަލާގައި ކުރާ މަސައްކަތަށް އެއްވެސް އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ މަރު ކޮމިޝަނުން ނޫސްވެރިންނަށް މައުލޫމާތު ދެއްވީ ރައީސް ސާލިހާއި އެކުގައި އެކަމުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް ރައީސަށް އެ ރިޕޯޓު ހުށަހެޅީ ރައީސްގެ މަޝްވަރާގެ މަތިން ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: