ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލި ގޮތަކަށް ޓެރެރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީތީ ހިތާމަ ކުރަން: ހަސަން ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހސަން ލަތީފް : ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

19ވަނަރައްޔިތުންގެމަޖިލީހުގެ ފުރަތަމަދައުރު ނިންމައި މެމްބަރުން ޗުއްޓީއަށް ދިޔަފަހުން ކުއްލިގޮތަކަށް ސަރުކާރުން ޓެރެރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީތީ ހިތާމަކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރުހުޅަނގު ދާއިރާގެ މެމްބަރު ހަސަލްލަތީފް ވިދާޅުވެއްޖެއެވެ. 

މަޖިލިސް ޗުއްޓީގައި ވަނިކޮށް ކުއްލިއަކަށް އަވަސް އަރުވާލައިގެން ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅުމުން އެކަމާއި ގުޅިގެން މިއަދު ދައުރުން ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ސަރުކާރުން މަޖިލިސް ޖަލްސާއެއް ބާއްވަން އެދުމުން އެ ޖަލްސާ ބާއްވަން ޖެހޭ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގައި އެދިވަޑައިގަތީ އެމަނިކުފާނު ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ އެކަން އެގޮތަށް ކުރެއްވީ މަޖިލިސް ޗުއްޓީގައި އޮވެމެ، ސަރުކާރުން ފޮނުވާ އިސްލާހަށް މަސައްކަތް ނުކޮށްފި ނަމަ، ރައްޔިތުން އިނގިލި ދިއްކުރާނީ ރައްޔިތުން މަޖިލިސް މެންބަރުންނަށް ކަމަށެވެ.

“މި މަޖިލިސް ރައްޔިތުންނަށް ފެނިއްޖެ ވަރަށް ރަނގަޅަށް މަސައްކަތް ކުރިތަން. އެހެންނަމަވެސް މިކަހަލަ އެންމެ ކުޑަކުޑަ ކަމަކުންވެސް މި މަޖިލިސް ބޮލުގައި އަދި މެންބަރުންގެ ބޮލުގައި ވަރަށް ބޮޑެތި އިލްޒާމުތަކެއް އެޅުވިގެން ދާނެތީ ދައުރުން ބޭރުގައި ޖަލްސާ ބާއްވަން އަޅުގަނޑު ހުށަހެޅީ. ސަރުކާރުން އެބަޖެހޭ ކިޔާދޭން ގާނޫނުތަކަށް އިސްލާހު ގެންނަނީ ކީއްވެގެން ކަން. ރިލްވާން އަބްދުﷲގެ ތަހުގީގަށް މަގުފަހިވަނީ ކީއްވެގެންކަން ސަރުކާރުން އެބަޖެހޭ ކިޔާދޭން. އަދިއެއް އަޅުގަނޑުމެންނަކަށް ނޭނގެ. މީގައި ވަރަށް ސުވާލު އުފެދޭ ކަންކަން އެބަހުރި، ސަރުކާރުން އެބަޖެހޭ މިކަން ކުރިއަށްދާއިރު ކިޔާދޭން،” ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަންލަތީފްވިދާޅުވީ ރައްޔިތުންނަށް އޮޅުން އަރާ ގޮތަކަށް ގާނޫނެއް ފާސްކޮށްފައި ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށްވެސް ސަރުކާރުން ކުރާ ކަންކަން ސާފުވާން ޖެހޭ ކަމަށާއި އެއަށްވުރެ ބޮޑަށް ސަރުކާރުން ރައްޔިތުން މަޖިލިސް މެންބަރުންނަށް އެކަން މާބޮޑަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

“މިއަހަރުގެ މެއި މަހު ސަރުކާރަށް ކޮމިޝަނުން ވަނީ ޑްރާފްޓު ރިޕޯޓެއް ދެއްވާފައި. ސަރުކާރުން ތިންމަސް ފަހުން ކުއްލިއަކަށް މި ގާނޫނަށް އިސްލާހެއް ގެންނަންޖެހޭ ކަމަށް ފެނިވަޑައިގެން މަޖިލިސް ޗުއްޓީގައި އޮއްވާ ފޮނުވި ކަމީ އެއީ އަޅުގަނޑު ހިތާމަކުރާ ކަމެއް. ސަރުކާރުން ކަންކަން އިންތިޒާމު ކުރުމުގައި މިއަށްވުރެ ރަނގަޅަށް ކަންކަން ކުރެވޭނެ ކަމަކަށް އަޅުގަނޑު ޝައްކެއް ނުކުރަން،” ހަސަން ލަތީފު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރި މީހަކީ ވެސް ކުށެއް ކަމަށް ކަނޑައަޅައިފައެވެ.
 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: