ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔައީ ގަވައިދާ ޚިލާފަށް: އަލީ އާޒިމް

ފޮޓޯ:މަޖިލިސް .. އެމްޑީޕީ ޕީޖީ ލީޑަރު އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގައި ބަހުސް ކުރިއަށް ގެންދަން ޖެހޭނީ ހުށަހެޅިފައިވާ މައްސަލައަށް ކަމަށާއި މަޖިލީހުގެ ގަވާއިދުން ބޭރުން ރިޔާސަތަށް އަމަލު ނުކުރެވޭނެ ކަަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް އިސްލާހް ހުށަހެޅުމުން ޖަލްސާތައް ބާއްވަން ޖެހޭ ސަބަބާއި ބެހޭ ގޮތުން މެންބަރުން އެއް ގަޑިއިރު ވަންދެން ބަހުސް ކުރައްވަން ރައީސް ނަޝީދު ފުރުސަތު ހުޅުވާލެއްވުމުން އާޒިމް ވިދާޅުވީ އެއީ އިތުރަށް ބަހުސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މެމްބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެދި އެމްޑީޕީގެ 29 މެންބަރަކު ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަށް ކަމަށެވެ.

އެމްޑީޕީގެ މެންބަރުން ސޮއިކޮށް ރިޔާސަތަށް ހުށަހެޅުއްވި ސިޓީގައި އެ ސަބަބުތައް ސާފުކޮށް އޮންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.  އާޒިމްވަނީ ދެވަނަ ފަހަރަށް ނިޒާމީ މައްސަލަ ނަންގަވައިގެންވެސް އެކަން މަޖިލީހުގެ ސަމާލުކަމަަށް ގެންނަވައިފައެވެ.

ނަމަވެސް މެމްބަރު އާޒިމްގެ އެ ބަސްތަކަށް ރައްދުދެއްވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު މަޖިލިހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށެވެ.

“ރިޔާސަތުން އަންގާ އެންގުން އެޖެންޑާ އައިޓަމް ނަމްބަރު ފަހެއް، އެ އައިޓަމްގެ ދަށުން އަޅުގަނޑު އަންގާ އެންގުމެއް މީ. އިއްޒަތްތެރި މަޖިލީހުގެ ގަވައިދު މިކަން ވަރަށް ރަނގަޅަށް ސާފުކޮށްދޭނެ” މަޖިލީހުގެ ރައީސް ވިދާޅުުވިއެވެ.

މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއްބައިގެ އަދަދަށްވާ މެންބަރުން ސޮއިކޮށް ހުށަހެޅުމުން ދައުރުން ބޭރު ޖަލްސާއެއް ބޭއްވޭނެ ކަމަށް ގަވާއިދުގައި އޮވެއެވެ.

އެއީ މިހާރު މަޖިލީހުގައި ތިއްބެވި 87 މެންބަރުންގެ ތެރެއިން 29 މެންބަރުންނެވެ.

ނިޒާމީ މައްސަލަ ނަންގަވައި އަލީ އާޒިމް ވަނީ އެބަހުސް ކުރިއަށް ގެންދެވީ މަޖިލީހުގެ ގަވާއިދުގެ ކޮން މާއްދާއަކުންތޯ އާއި ރައީސަށް އެބާރު ލލިބިވަޑައިގަންނަވަނީ ކޮން މާއްދާއަކުންތޯ މަޖިލީހުގެ ރައީސާ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމައްސަލަ ނިޒާމީ މައްސަލައަކަށް ވާނީ އެއީ ކޮން މާއްދާއެއްކަން މެމްބަރު އާޒިމް ވިދާޅުވީމަ ކަމަށެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއައީ ގަވާއިދުގައިވާ ގޮތުގެ މަތިން ނޫން ކަމަށާއި ގަވާއިދުގައި އޮންނަ ގޮތުން ބިލެއް ހުށަހެޅުމުން އަމަލު ކުރަން ޖެހޭނީ އެ ބިލެއްގެ ފުރަތަމަ ކިއުން އިއްވައި އެ ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުން ކަމަށެވެ.

ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، ޖަލްސާ ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް ބަހުސް ކުރަން އެންގެވީ އެޖެންޑާގައި ރިޔާސަތުން އަންގަން ބޭނުންވާ ކަންކަން އެންގުމުގެ މަސައްކަތުގެ ދަށުން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވަނީ އެމްޑީޕީ އަދި އިދިކޮޅު ޕާޓީތަކުގެ މެމްބަރުންވެސް ވަނީ މަޖިލީހުގެ ރައީސް ނަޝީދު މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވި ގޮތަށް ފާޑު ވިދާޅުވެ ވާހަަކަ ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: