ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލުގެ ބޮޑުވަޒީރުގެ ވާހަކަތައް ދިވެހި ސަރުކާރުން ކުއްވެރިކޮށްފި

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް :ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުގައި އަންނަ އަންގާރަ ދުވަހު ބާއްވާ އާންމު އިންތިހާބު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިސްބަތްވާ ޕާޓީން ކާމިޔާބު ކޮށްފިނަމަ، ޖޯޑަން ވެލީގެ ބިމަކީ އިޒްރޭލުގެ ބިމުގެ ބަޔަކަށް ހަދާނެ ކަމަށް ދެއްކި ވާހަކަ ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި އެވެ.

އެކަން ކުށްވެރިކޮށް ދިވެހި ހާރިޖީއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ އެއްވެސް ހިސާބެއް އިޒްރޭލުގެ ބަޔަކަށް ހެދުމުން އެ އަރައިގަނެވެނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ކަމަށެވެ. އަދި މީގެ ސަބަބުން މެދު އިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތައް ވެސް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ބައިނަލްއަގުވާމީ ދުނިޔެ އާއި އދ އިން މިކަމާ ދެކޮޅަށް ތެދުވާންޖެހޭ ކަމަށާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ އެއްބާރުލުން އަބަދުވެސް ފަލަސްތީނަށް ލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަތަންޔާހޫ އިޒްރޭލުގެ ތަނަކަށް ހަދަން މަސައްކަތް ކުރަމުންދާ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީގައި ގާތްގަނޑަކަށް ފަލަސްތީނުގެ 70،000 މީހުން ދިރިއުޅެމުން ދެއެވެ.

ނަތަންޔާހޫގެ މި ވާހަކަތަކަށް އަރަބި ބައެއް ގައުމުތަކުން ވެސް ވަނީ ފާޑުކިޔާފައެވެ. އެގޮތުން މި ވައުދަކީ އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ސުލްހަ ގާއިމުކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ ވައުދެއް ކަމަށް އެ ގައުމުތަކުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: