ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ގައުމަކަށްވެސް އެންމެ މުހިންމީ އިގްތިސާދީ ފުދުންތެރިކަން:ރައީސް

ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ގައުމަކަށްވެސް އެންމެ ބޭނުންވާ ކަމަކީ އިގްތިސާދީ ފުދުންތެރިކަން ލިބުން ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް އެ މޭރެމުން ވާހަކަފުޅު ދެއްކެވީ ރ.އަތޮޅުގެ ދެރަށަކަށް ކުރެެއްވި ޒިޔާރާތުގައި، އެ އަތޮޅު އަލިފުއްޓަށް ވަޑައިގެން، އެ ރަށު ސުކޫލުގެ ރަންޔޫބީލް ފާހަގަކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރުން ކުރަން މިއުޅޭ ކަމަކީ ރާއްޖެއަށް ލިބޭ މާލީ ތަނަވަސްކަމުގެ ބޭނުން، އެންމެ ހެޔޮ ގޮތުގައި ހިފާނެ ގޮތުގެ އުފެއްދުންތެރި ވިސްނުން، ރައްޔިތުންގެ ކިބައިގައި އުފައްދައިދިނުންކަމުގައި ކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.

ސަރުކާރުން ބޭނުންވާ އިޞްލާޙީ ބަދަލުތައް، ގެނެވޭނީ، ދަރިންނަށް ރަނގަޅު ތަޢުލީމް ދީގެން ކަން ފާހަގަކުރައްވައި ރައީސް ޞާލިހް ވިދާޅުވީ، އެކަން ކުރެވޭނީ ތަޢުލީމުގެ ތެރެއިން، ޢަދުލު އިންޞާފަށާއި ޙައްޤަށް ލޯބިކުރާ ނަޒާހަތްތެރި ފަރުދުން ބިނާކޮށް ރިވެތި އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތު ކޮށްގެން ކަމަށެވެ.

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރޭގައި، ޢަމަލީ މަސައްކަތްތަކަށް ކުދިން އަހުލުވެރިކުރުމަށް، އިސްކަންދެނީ ޤައުމުގެ ތަރައްޤީގައި ބައިވެރިވުމުގެ ޤާބިލްކަން ހުރި، ޒުވާނަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ.  ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، އެމީހެއްގެ މުޖްތަމަޢު، މިހާރު އޮތް ޙާލަތުން، އެއަށްވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުންކަން ފާހަގަކުރައްވައި ކޮންމެ ފަރުދަކީ، އެވިސްނުން އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން ހުރި މީހަކަށް ހަދަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށްޓަކީ މީގެ 80 ވަރަކަށް އަހަރު ކުރިން ފެށިގެންވެސް ތަޢުލީމީ ބިންގާ އެޅި، ޢިލުމު އުނގަންނައިދިނުމުގެ މުހިންމު މަސައްކަތް ފެށިފައިވާ ރަށެއްކަން ފާހަގަކުރައްވައި އެ ތާރީޚުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ތަޢުލީމީ ކަންކަމުގެ އިތުރުން އަލިފުށީ ރައްޔިތުންނަކީ، ކިއްސަރު ވަޑާމުގައި އެފަދަ ދެވަނައެއް ނެތް ބައެއްކަން ފާހަގަކުރައްވައި އެދާއިރާއިން އަލިފުށީ ރައްޔިތުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، އެންމެ މުހިންމު ކަމަކީ މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބޭ ދަރިވަރުންތަކެއް ކަމުގައި ދަރިވަރުން ހެދުން ކަމަށާއި އަދި އަދި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށްހިތާ، އަޚްލާޤް ރަނގަޅު ބަޔަކަށް ހެދުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: