ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ފާރަލާކަމަށް ބުނެ ރައީސް ނަޝީދު ދައްކަވަނީ ހަޑި ހުތުރު ވާހަކަތަކެއް: ޤާސިމް އިބްރާހިމް

ރައީސް ނަޝީދު ޖަލު ބަންދުގައި ހުންނަވައި ބޭސްފަރުވާއަށް ބޭރަށް ވަޑައިގެން އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތް ދުވަހު ގާސިމް އިބްރާހީމްގެ އަރިހުގައި: ފޮޓޯ ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލާ ކަމަށް ގައުމީ ދިފާއީ ބާރުން އަންގާފައިވާ ކަމަށް އެ މަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ހަޑިހުތުރު ވާހަކަތަކެއް ކަމަށް ޖޭޕީގެ ލީޑަރު އަދި ސަރުކާރުގެ ކޯލިޝަންގެ އެއް ހިއްސާދާރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން އަންނަ ގާސިމް އިބްރާހީމް މިހެން ވިދާޅުވީ، ޖޭޕީއަށް މެންބަރުންތަކެއް ގުޅުނު ހަފުލާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ މުއައްސަސާތަކާއި ގުޅޭގޮތުން ހިތުހުރިހައި ގޮތަކަށް ވާހަކަ ދެއްކިގެން ނުވާނެ ކަމަށެވެ. ސަލާމަތީ ހިދުމަތްތައް ދޭ މުއައްސަސާތަކާ، ރާއްޖޭގެ ޝަރުއީ ކޯޓްތަކާއި ގުޅޭގޮތުން އެފަދަ ވާހަކަތައް ދައްކައި، އެ މުއައްސަސާތަކުގެ ނަން ކިލަނބު ކުރަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މުއައްސަސާތަކުގެ ވެރިންނަށް އެއްޗެހި ކިޔުމުގެ ބަދަލުގައި ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަންވާނީ ހަމަ އާއި އުސޫލުތަކުގެ ތެރެއިން ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

އިތުރަށް ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކާއި، ޝަރުއީ ދާއިރާގެ އަގު ހިފަހައްޓަންޖެހޭކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ޖޭޕީން ކުރާނެ ކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އެ ޕާޓީ ސަރުކާރުގައި އޮތީ އިހުލާސްތެރި ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.

ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ބުނެ ވާހަކަ ދައްކާ ފަރާތްތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، ސަރުކާރުގެ ސްޕީޑް ރަނގަޅު ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: