ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑިކޭގެ މެޑިކަލް ކޮންފަރެންސްގައި 200 ބައިވެރިން

ފޮޓޯ:މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑިކޭއިން އިންތިޒާމުކޮށްގެން ބާއްވާ “ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019” ގައި ގާތްގަނޑަކަށް 200 މީހުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އޮންނާނީ ސެޕްޓެމްބަރު 17 އިން 19 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑިކޭގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އަފްއާލް ވިދާޅުވީ، ގައުމުތަކުގެ ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ ތަރުހީބު އިތުރުވެ، މިދިޔަ އަހަރު ވެސް ކޮންފަރެންސް ބޭއްވީ 150 ބައިވެރިންނާ އެކު ކަމަށާއި، އަދި މިއަހަރު އެކަމަކު ކޮންފަރެންސް މިއޮތީ ކުރިއަށް ވުރެ މާ ބޮޑުކޮށް ކަމަށެވެ. 

މިފަހަރުގެ ކޮންފަރެންސްގައި ގާތްގަނޑަކަށް 200 ބައިވެރިން އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“ގައުމުތަކުގެ ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ ތަރުހީބު އިތުރުވެ، މިދިޔަ އަހަރު ވެސް ކޮންފަރެންސް ބޭއްވީ 150 ބައިވެރިންނާ އެކު. މިއަހަރު އެކަމަކު ކޮންފަރެންސް މިއޮތީ ކުރިއަށް ވުރެ މާ ބޮޑުކޮށް. މިފަހަރު އެބައުޅޭ ގާތްގަނޑަކަށް 200 ބައިވެރިން،” އަފްއާލް ވިދާޅުވި އެވެ.

ދުނިޔޭގެ ހަމަ އެންމެ މަތީފަންތީގެ ނިއުރޯ ސާޖަނުން  ބައިވެރިވެވަޑައިގަންނަވާ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެ ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ގިނަ ނޮލެޖް ލިބިގެން ދާނެ ކަމަށެވެ.

އަފްއާލް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އިންޑިއާ، އެމިރޭޓްސް އަދި އިޓަލީގެ މާހިރުން ވެސް ކޮންފަރެންސްގައި ބައިވެރިވި އެވެ. މި އަހަރުގެ ކޮންފަރެންސްގައި އެމެރިކާ އާއި އޮސްޓްރޭލިއާގެ މަޝްހޫރު ބައެއް ޑޮކްޓަރުންނާއި ނަރުހުން ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްއާލް ވިދާޅުވީ ކޮންފަރެންސް ބާއްވަން ސްޕޮންސަރުންގެ ގޮތުގައި ކުރިއްސުރެ އެހީތެރިވަމުން އަންނަ ކުންފުނިތަކުގެ އިތުރުން ސަރުކާރާއި ރާއްޖޭގެ ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި ހުށަހަޅާ ކަރުދާސްތަކުގެ ތެރޭގައި ސިއްހީ ދާއިރާ އަށް މުޅިން އަލަށް ތައާރަފް ކުރާ އާ އީޖާދުތަކުގެ މައުލޫމާތާއި މިހާރު ވެސް އީޖާދުކޮށްފައި ހުރި ބައެއް ފަރުވާތައް މިހާރަށް ވުރެ ފުރިހަމައަށް ކުރިއަށް ގެންދާނެ ގޮތްތަކުގެ މައުލޫމާތުގެ ކަރުދާސްތައް ހިމެނޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: