ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު އުނގޫފާރު ކައުންސިލަރުންނާއި ބައްދަލުކުރަައްވައިފި!

ރައީސް ސާލިހު އުނގޫފާރު ކައުންސިލ މެމްބަރުންނާއި ބައްދަލުކުރެއްވުން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ އުނގޫފާރު ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރު މީދޫ ސްކޫލްގައި ބޭއްވެވި މިބައްދަލުކުރެއްވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކާއި މުޢައްސަސާތަކާ މިގޮތަށް ބައްދަލުކޮށްލެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ކަންކަން ވީހާވެސް ގާތުން ބެއްލެވުމާއި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު ބަޖެޓުގައި ހިމެނުމަށް ކައުންސިލުތަކާއި މުޢައްސަސާތަކުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުންކަމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އުނގޫފާރު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ނެރުބައްތި އެހެން ދިމާއަކަށް ބަދަލުކުރުމުގެ މުހިންމުކަމާއި، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ހުއްޓިފައިވާތީ ހުރި ކަންބޮޑުވުންތަކާއި، ފެނުގެ ނިޒާމު ޤާއިމުކުރެވިފައި ވީނަމަވެސް ފެނުގެ ޚިދުމަތް ދޭން ފެށިފައި ނުވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިމެނެއެވެ. މީގެއިތުރުން ރަށުގައި ތަރައްޤީ ކުރާ އިސްލާމީ މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނަމާދުކުރެވޭނެ އިންތިޒާމެއް ޤާއިމު ކުރުމަށް ބޭނުންވާ ކަމާއި، އިތުރު ވަޞީލަތްތަކާއެކު ހޮސްޕިޓަލް ތަރައްޤީކުރުމާއި ރަށުގެ ބިމުގެ ދަތިކަމާއި ރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ރަށު ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށުގެ ސީ އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ދިމާވަމުންދާ މައްސަލަތައް ވެސް ކައުންސިލާއި މުޢައްސަސާތަކުން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައި ވެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އުނގޫފާރު ކައުންސިލާއި މުޢައްސަސާތަކުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތަކާއި ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ކައުންސިލާއި މުޢައްސަސާތަކުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: