ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ފުރައްސާރަކުރި މީހަކު ހައްޔަރުކޮށްފި!

ފޮޓޯ: އާކައިވް.. ފުލުހުންގެ މައި އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ.ތިނަދޫގައި  ދީނަށް ފުރައްސާރަކޮށް މީސްމީޑިއާގައި ލިޔާ މައްސަަލައެއްގައި ކޯޓް އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރެވުނީ ދީނަށް ފުރައްސާރަކޮށް، މީސްމީޑިއާގައި ގިނަ އެއްޗެހިތައް ލިޔަމުންދާތީ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ހައްޔަރުކުރި މީހާ ވަނީ މާތް ﷲ އާއި ރަސޫލާއަށް ބަދު ބަސްތައް ބުނެފައެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ފުލުހުން ބުނީ، ދީނަށް ފުރައްސާރަކޮށް ވާހަކަދެއްކި އެމީހާއަށް ބަޔަކު ބިރުދެއްކި މައްސަލައެއް ދަނީ ބަލަމުން ކަމަށެވެ.

ފުލުހުން ދަނީ އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުމްނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: