ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމު އިސްލާހު ނުކުރެވިއްޖެނަމަ މަންޒަރު ވަރަށް އަނދިރި: ނަޝީދު

ފޮޓޯ:ޑީޖޭއޭ.. ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރުތަކުން އަރައިގަތުމަށް ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރަން ޖެހޭ ކަމަށާއި، އެކަން ނުކުރެވިއްޖެނަމަ، ކުރިއަށް ފެންނަން އޮތީ ވަރަށް އަނދިރި މަންޒަރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދިޔަ ކޯޓް އެޑްމިނިސްޓްރޭޓާސް ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ހަމައިން ނައްޓާލައި ވެރިކަމުގެ ބާރުތައް ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓު އަމަލުކުރުމުން ސުޕްރީމް ކޯޓު އޭގެ މިންގަނޑުން ބޭރުވެފައިވާ މިންވަރުގެ ސަބަބުން އޭގެ ތަބިއްޔަތުން ވަމުން ދިޔަ ކިތަންމެ ކަމެއް ރާއްޖޭގައި ހިނގައިގެން ގޮސްފި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި.އެވެ.

ނަޝީދު ވިދާޅުވީ 2013 އިން 2016 އާއި ދެމެދުގައި 26 އަށްވުރެ ގިނަ މީހުން ވަޅިޖަހާ މެރި ކަމަށާއި ކަމާބެހޭ މާހިރުން ވިދާޅުވަނީ އެ މަރުތައް ހުރީ އަނދިރި ދައުލަތްތަކުގެ މަރުތައް ހުންނަ ގޮތަށް ކަމަށެވެ.

ހަމައެހެންމެ  އެމީހުން މަރާފައިވަނީ މަރާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ކަމަށާއި އެ އިންޒާރުތައް ހުންނަނީ ހަރުކަށި ޖަމާއަތްތަކުގެ ފަތުވާތައް ހުންނަ ގޮތަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި.

“އެތައް ދިވެހި ޒުވާން އަންހެން ދަރީން ވަނީ އައިސިސްގެ ހަނގުރާމަވެރިންނަށް ވިއްކާފަ، ރާއްޖެއިން ގިނަ އަދަދެއްގެ ފަހުލަވާނުން އައިސިސް އަށް ފޮނުވުނީ އެ ޖަމާއަތުގެ ގިނަ ހަރަކާތްތައް ހިންގިގެން، ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތުގެ ބާރު ގަދަކުރަމުން ގެންދިޔައީތީވެ، ދިވެހި ދައުލަތް ހޮޅި ކުރަމުން ގެންދިޔައީތީވެ، ދައުލަތުގެ އެންމެ އެތެރެއަށް މި އަނދިރި ބާރު ވަންނަމުން ދިޔަތީވެ،” ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: