ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުގެ ކޮމިޝަނުގެ ތަހްގީގަށް ތަންތަނާއި މީހުން ބަލައި ފާސްކުރުން އަދިވެސް ކުރިއަށް

ފޮޓޮ:މިހާރު.. ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން އާންމު ކުރި ރިޕޯޓާއި ގުޅިގެން ފުލުހުން އަންގާރަ ދުވަހު ފެށި އޮޕަރޭޝަން އަދިވެސް ހުުއްޓާުނުލާ ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގެ ތެރެއިން މިޙާތަނަށް މާލޭގެ ގިނަ ތަންތަނެއް ބަލައި ފާސްކޮށްފައިވާއިރު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މައުލޫމާތުދޭއެވެ.

ފުލުހުންގެ އެ އޮޕަރޭޝަންގެ ތެރެއިން ވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީގެ ވެސް ބައެއް ތަންތަބް ބަލައި ފާސްކޮށްފައެެވެ. އަދި މާލޭގެ ކަނޑުގެ ސަރަހައްދުގައި ވެސް މި އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ބަލައި ފާސްކުރި ބައެއް ތަންތަނުގެ ތެރޭގައި، ސީކްރެޓް ރެސިޕީ ހުންނަ އިމާރާތާއި، މ. ޕީޓްރަލްގެ އާއި ހުޅުމާލޭގައި ހުންނަ ފްލެޓް ނަންބަރު 127 އާއި ގާކޮށީ އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓަކާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ކުރިމަތިން ހުންނަ އިމާރާތް ހިމެނެއެވެ.

މަރު ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން މާލެއާއި އައްޑޫގައި ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާއިރު ސިފައިންވެސް ވަނީ ހަތިޔާރާއެކު މާލޭގެ މަގުތަކުގައި ރޭ ހަރަކާތްތެރިވެފައެވެ. ސިފައިންގެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: