ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ދެބައި ވަނީ ރައީސް ސާލިހް އަށް އިޚްތިޔާރެއް ނެތުމުން: ލޯޔަރު ވައްޑެ

ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ތެރެ ދެބައިވަނީ  ރައީސް އިބްރާހީމް މުހައްމަދު ސާލިހުއަށް އެއްވެސް އިޚުތިޔާރެއް ނެތި ޕާޓީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވާގޮތަށް ވެރިކަން ކުރަން ޖެހުމުންތޯ ވިދާޅުވެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ސުވާލެއް އުފައްދަވައިފިއެވެ.

ލޯޔަރު ވައްޑެ ވިދާޅުވީ ރައީސް ސާލިހް ވެރިކަމަށް ވަޑައިގަތީ ރައީސް ނަޝީދުގެ ތާއީދާއި ގިނަ ބަޔަކު ވީ ގުރުބާނީއާއި ބުރަ މަސައްކަތުން ކަމަށެވެ.

ނަމަވެސް ޕާޓީތެރެ ދެބައިވަމުން ދަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ބެހޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތަށް ރައީސް ނަޝީދު އިރުޝާދު ދެއްވާގޮތަށް ރައީސް ސާލިހް ކަންކަން ކުރައްވާތީ ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް މައުމޫންގެ މޭސްތިރިކަމުގައި ގިނަ ބަޔަކު ގުޅިގެން ކުރެވުނު މަސައްކަތުން ކަަމަށެވެ.

އޭރު ވެރިކަން ކުރައްވަން ޖެހިވަޑައިގަތީ އެއްވެސް އިޚުތިޔާރެއް ނެތި ރައީސް މައުމޫން އިރުޝާދު ދެއްވާގޮތަށް ކަމަށް ވުމުން ޕާޓީ ދެބައިވީކަމަށް ރައީސް ޔާމީން ވިދާޅުވިކަން ލޯޔަރު ވައްޑެ ފާހަގަކުރެެއްވިއެވެ.

ޕީޕީއެމް ތެރޭގައި ރައީސް މައުމޫންގެ ބަސް ނުވިކުމުގެ ނަތީޖާ އަކީ އެ ޕާޓީ ދެބައިވެގެން ދިއުންކަން ފާހަގަކުރައްވާ ލޯޔަރު ވައްޑެ ވިދާޅުވީ މިހާރު އެމްޑީޕީ ތެރެއިންވެސް ފެންނަނީ ވެރިކަން ކުރުމުގައި ރައީސް ސާލިހުގެ އިޚްތިޔާރަކީ ރައީސް ނަޝީދު ވިދާޅުވާ ކަންކަމުގެ މައްޗަށް ބަރޯސާކުރުވާފައިވާ އިޚްތިޔާރަކަށް ވެފައިވާ މަންޒަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: