ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެހިކަލް އެތެރެކުރި މައްސަލައިގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށްފި

ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް/ ޓްވިޓާ --- ލަކުޑިކަމަށް ބުނެ އޮޅުވާލައިގެން އެތެރެކޮށްފައިވާ ސައިކަލުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ކޮންޓެއިނަރެއްގައި ރާއްޖެއަށް ވެހިކަލްތަކެއް އެތެރެކުރި މައްސަލައިގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެ އޮފިސަރަކު ސަސްޕެންޑުކޮށްފިއެވެ.

ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގުގައި ގެނައި ދެ ކޮންޓެއިނަރުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ވަނީ ގެނެސްފައެވެ. އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއި އެކު ބައެއް ފަރާތްތަކުން ވަނީ އެއީ އޮޅުވާލައިގެން ރާއްޖެއަށް ކޮންޓެއިނާއެއް އެތެރެކުރި ފުރަތަމަ ފަހަރު ނޫންކަމަށް ވެސް ބުނެފައެވެ.

ލަކުޑިކަމަށް ބުނެ، ސައިކަލްތަކެއް އެތެރެ ކުރި މައްސަލައާއި ގުޅޭގޮތުން ކޮމިޝަނާ ޖެނެރަލް އަހުމަދު ނުއުމާން ވިދާޅުވީ މައްސަލައިގެ ތަހުގީގު ދަނީ ކުރިޔަށް ކަމަށާއި ކޮންޓެއިނާ އެތެރެ ކުރުމުގައި ޝާމިލްވާ ދެ މީހުން މިހާރު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ވެހިކަލްތައް ބަނދަރުން ވަގަށް ބޭނުން ކުރި ގޮތާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއްވެސް ކަސްޓަމްސްއިން ވަނީ ހޯދާފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.

އެތެރެކުރި ސައިކަލު އަދި ކާރުތަކުގެ ސީއެންއެފްގެ އަގު 586،000 ރުފިޔާ އަރާނެކަމަށް ކަސްޓަމްސްއިން ލަފާކޮށްފައިވެއެވެ. އަދި އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެ ފައިސާ ދައުލަތަށް ލިބެންޖެހޭކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.

އެމްޕީއެލް އިން ބުނީ އެ ދެ ކޮންޓެއިނަރަކީ ވެސް އޭގައިހުރި މުދަލާއެކު ކޮންޓެއިނަރުތައް ހުރި ގޮތަށް އެތެރެކުރި ފަރާތުން ބޭނުންވާ ތަނަކަށް ގެންގޮސްގެން މުދާ ހުސްކުރާ ގޮތަށް ހަމަޖެހިފައިވާ ކޮންޓެއިނަރުތަކެއް ކަމަށެވެ. އެ ކޮންޓެއިނަރުތައް ދޫކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ މުދާ ދޫކުރުމުގައި އާންމުކޮށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މައްސަލަ ފެންމަތިވުމާއި އެކު ކަސްޓަމްސްއިން ނެރުނު ބަޔާނުގައި، ކަސްޓަމްސް އިން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމްކޮށް ނެގެހެއްޓުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ފަސްޖެހުމެއްނެތި އަޅާނެކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ޑިއުޓީ އަށް މަކަރު ހަދައި، ވަގަށް މުދާ އެތެރެކުރާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ތަހުގީގީ އިދާރާތަކުން ބުނާގޮތުގައި އެފަދަ ކަންކަން ކުރަމުން ދަނީ ކަސްޓަމްސްގެ މުވައްޒަފުންނާއި ގުޅިގެން އެ މީހުންނަށް ރިޝްވަތު ދީގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: