ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން ހުވައި ކޮށްފި

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު. ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޚިދުމަތަށް އަލަށް ގުޅުނު ފުލުހުންނާއި، ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވައި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ފުލުހުންނަށް ހުވައި ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛް ޢަބްދުﷲ އަލީއެވެ.

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހުން، ފުލުހުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު. ފޮޓޯ:ޕޮލިސް

މިއަދު ހުވައިކޮށްފައިވަނީ 50 ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބެލަރީ ފުލުހުންގެ ޚިދުމަތާއި ގުޅުނު 16 ފުލުހުންނެވެ.

ހުވައިކުރި ފުލުހުންގެ ތެރޭގައި ހިމެނެނީ ޚިދުމަތަށް އަލަށް ގުޅުނު ފުލުހުންނާއި އެކިއެކި ސަބަބުތަކާއިހުރެ ކުރިން ހުވައި ނުކުރެވި ވާ ފުލުހުންނެވެ.

ހުވައިކުރުމުގެ ރަސްމިއްޔާތުގައި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ. ހުވައިކޮށް ނިމުމަށްފަހު ކޮންމެ ފުލުހަކުވެސް ހުވައިގެ ލިޔުމުގައި ސޮއިކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: