ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންދު ކުރަންޖެހޭ މީހުން ބަންދުކުރެވޭނެ: މިނިސްޓަރ އިމްރާން

ފޮޓޯ:ދި އެޑިޝަން... މިނިސްޓަރ އިމްރާން
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ކަހަލަ ކުށްތައް ކޮށްގެން ބަންދު ކުރަން ޖެހޭ މީހުން އިންސާފުގެ ތެރެއިން ބަނދުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެެއްޖެއެވެ.

އެބޭފުޅާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންމެ ގޮތަކަށް ކަންތައް ދިމާވި ނަމަވެސް ފެށުނީއްސުރެ އަމަލުކުރަމުން އަންނަ އުސޫލް މަތިން ހަނދާންް ނައްތާލައިގެން ނުވާނެ ކަމަށެވެ.

https://twitter.com/ShimranAb/status/1171144863884042240

އެބޭފުޅާ ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ކުށްކުރާ މީހާއި ދޭތެރޭ ވެސް ކަންތައް ކުރައްވާނީ އިންސާފުން ކަމަށެވެ.

މިނިސްޓަރ އިމްރާން އެހެން ވިދާޅުވެ ޓުވީޓެއް ކޮށްފައިވާ މި ދަނޑިވަޅަކީ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން މަރާލި މައްސަލައިގަ އިހްމާލް ވާ ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނައުމުގައި ސަރުކާރުން ނުކުޅެެދިފައިވާ ކަމަށް ބުނެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: