ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާ ވީގެ ރާއްޖޭގެ ފުރަތަމަ ރިސޯޓު އަންނަ އަހަރު ހުޅުވަނީ

ފޮޓޯ: ލާ ވީ ހޮޓެލްސް އެންޑް ރެޒޯޓްސް: ޓޮލާނޯ މޯލްޑިވްސް ކުނާވަށި ގެ ވިލާއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ކުނާވަށީގައި ދިވެހި ކުންފުންޏަކާއި ޗައިނާ ކުންފުންޏެއް ގުޅިގެން ތަރައްގީ ކުރާ، ރިސޯޓު އަންނަ އަހަރު ހުޅުވުމަށް މަސައްކަތް ފަށައިފި އެވެ.

އެ ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ ދިވެހި ކުންފުންޏަކާއި ޗައިނާގެ ގުއަންޑޮންގް ބީޓާ އޯޝަންއާއި ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާއެއް ކަމަށްވާ ސީޖޭލް އިންވެސްޓްމެންޓްއިންނެވެ.   

2015 ވަނަ އަހަރުގެ ތެރޭގައި އެ ރިސޯޓުގެ މަސައްކަތް ފަށާފައިވަނީ އަހަރެއް ހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެކަމަށް ހާމަކުރުމަށްފަހު އެވެ. އެހެން ނަމަވެސް ދިމާވި ބައެއް މައްސަލަތަކާއި ގުޅިގެން ރިސޯޓު ހުޅުވުން ލަސްވެގެން ދިޔައީއެވެ.

“ޓޮލާނޯ މޯލްޑިވްސް ކުނާވަށި” ގެ ނަމުގައި ހަދާ އެ ރިސޯޓު މެނޭޖްކޮށް ބަލަހައްޓާނީ، އޮސްޓްރޭލިއޭގެ ހޮޓެލް މެނޭޖްމެންޓު ކުންފުންޏެއްކަމަށްވާ “ލަވީ ހޮޓެލްސް އެންޑް ރިސޯޓްސް” ގްރޫޕްއިންނެވެ. މިއީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ފުރަތަމަ ރިސޯޓެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސީޕްލޭންގައި 15 މިނެޓުން ދެވޭ ރާސްތާގައި އޮންނަ ކުނާވަށީގައި ހަދާ ރިސޯޓުގައި 72 ކޮޓަރި ހުރެ އެވެ. އަދި މި ރިސޯޓުގައު އެކި ބާވަތުގެ ކެއުމާއި ބުއިމަށް 5 ރެސްޓޯރެންޓު ހުންނާނެއެވެ. ރިސޯޓު ތަރައްގީކޮށްފައިވަނީ ދިވެހި އާޓިސްޓުންގެ މަސައްކަތް ރިސޯޓުގެ އެކި ސަރަހައްދުތަކުންނާއި ރިސޯޓުގެ ވިލާތަކުން ފެންނަ ގޮތަކަށް ކަމަށް ލާވީ ހޮޓެލްސް އެންޑް ރިސޯޓްސްއިން ވަނީ ބުނެފައެވެ.

ފޮޓޯ: ލާ ވީ ހޮޓެލްސް އެންޑް ރެޒޯޓްސް: ޓޮލާނޯ މޯލްޑިވްސް ކުނާވަށި ގެ ވިލާއެއް

ިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ގިނަ އިންތިޒާމްތަކެއް ހަމަޖެހިފައިވާނެ އެވެ. އެގެ ތެރޭގައި ސީވިއު އިންފިނިޓީ ޕޫލް، ސްޕާ، ކިޑްސް ކަލަބް، ޑައިވިން ސެންޓަރުގެ ހިދުމަތް ހިމެނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބެމުން އަންނައިރު، ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށްޓަކާ ރިސޯޓުތަކުގެ އަދަދު އިތުރު ކުރުން މުހިންމުކަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ވަނީ ފާހަގަކޮށްފައެވެ. ކުރިއަށްއޮތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި 40 އަށްވުރެ ގިނަ ރިސޯޓް ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: