ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯއިން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ވެމްކޯއިން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި. ފޮޓޯ:ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސަސްއާއި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ވެމްކޯގެ މާލޭ ޓްރާންސްފަރ ސްޓޭޝަންގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދުއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސަސްގެ ފާރާތުން ސޮއިކުރެއްވީ ކާނަލް އަބްދުﷲ އިބްރާހިމްއެވެ.

ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ދެ މުއްސަސާގެ ދެމެދުގައި ގުޅުން ބަދަހިކޮށް މައުލޫމާތު ހިއްސާކޮށް އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތަކާއި އެކަމާއި ގުޅޭ ހަރަކާތްތަށް ހިންގޭނެއެވެ.

އެގޮތުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ވެމްކޯގެ ހިދުމަތް ފޯރުކޯށްދޭ މާލޭ،ހުޅުމާލެ،ވިލިމާލެ،ތިލަފުށި،ރ.ވަންދޫ،ފުވަމުލައް ސިޓީ،އަދި އައްޑޫސިޓީގައިވާ ހުރިހާ މުވަޒަފުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ވެމްކޯގެ ސައިޓުތަކާއި އޮފީސް އިމާރާތް އަދި ވެހިކަލްތަށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ބޭނުންވާ ކޮންސަލްޓަންސީއާއި ތަމްެރީންތައް ހިމެނެއެވެ.

މި ކަންކަމުގެ ބަދަލުގައި ވެމްކޯއިން ވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސަސްގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށާއި މުވަޒަފުންގެ ވެލްފެއާ އެކި ހަރަކާތްތަކަށް އެއްބާރުލުން ދިނުމާއި އެ މުއަސަސާއަށް ބޭނުންވާ ތަފާތު އެކި އާލާތް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.

އޭގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ފަޔަރ ސްޓޭޝަންތަކަށް ދިމާވި ކުނި މެނޭޖްކުރުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށްވެސް ވެމްކޯއިން ވަނީ އެއްބަސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: