ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1.8 ކިލޯގެ ކޮކެއިން އަތުލައިގަނެފި!

ކޮކެއިން ކެޕްސޫލްތަކެއް: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެމަގުން ބްރެޒިލްއިން ރާއްޖެއައި އުމުރުން 32 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ މިމަހުގެ 1 ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި މި މީހާގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި 70 ކެޕްސޫލް (ބަރުދަނުގައި 1089 ގްރާމް) ފެނުނުކަމަށެވެ.

ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮސިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތީގެ މަގުމަތީ އަގު 3,811,500.00 (ތިން މިލިއަން އަށްލައްކަ އެގާރަހާސް ފައްސަތޭކަ) ރުފިޔާއަށް އަރާނެކަމަށެވެ.

މިމައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހާވާލުކުރެވިފައިވާކަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 24.78 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: