ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ފަރާތަކާއި ރިޕޯޓް ހިއްސާ ކުރަން މަޝްވަރާ ކޮށްފައެއް ނުވާނެ: ރައީސް ސޯލިހް

ފޮޓޯ.. ސަންގު) މަޖިލީހުގެ ރައީސް ނަޝީދު އާއި ރިޟްވާން މައްސަަލައިގެ ރިޕޯޓް ހިއްސާ ކުރަނީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހީނުކޮށް، މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރާއި ގުޅިގެން، އެކުލަވާލި ރިޕޯޓް އެއްވެސް މީހަކާއި ހިއްސާކުރަން މަޝްވަރާ ނުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި އެ ރިޕޯޓް ހިއްސާ ކުރުމާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.

ރައީސް ވިދާޅުވީ، މަރުތަކާއި ބެހޭ ކޮމިޝަނުން އެމަނިކުފާނާއި މަޝްވަރާކޮށްފައި ވަނީ ހަމައެކަނި، ނޫސްވެރިންނާއި އާންމުންނަށް މައުލޫމާތު ހާމަކުރުމާއި މެދު ކަމަށެވެ.

 

” މިހާތަނަށް ވީ ކަމެއް ވީ، އެއްވެސް ބޭފުޅަކު މި މައްސަލައިގައި ކުރަން މި އުޅޭ ކަމަށް ހުރަސް އެޅޭ ކަމެއް ނުކުރެއްވުން އެދެން. އެންމެ މުހިއްމީ ރިޟްވާން އަށް އިންސާފު ލިބުން” ރައީސް ސާލިހް

ރިޔާސީ ކޮމިޝަންގެ ބިލްގައި، މައްސަލަަ ބެލުމަށް ފަހު އަމަލު ކުރާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެ ޤާނޫނުގެ 9 ވަނަ މާއްދާގެ ނ ގައި ބުނެފައި ވަނީ، ޤާނޫނުގައި ބުނާ ދައުވާ ކުރުން ފިޔަވާ އެހެން ކަންކަމުގައި ކޮމިޝަނަށް ފެންނަ ގޮތުގެ ރިޕޯޓް ” ރައީސުލްޖުމްހޫރިއްޔާ” އަށް ފޮނުވަން ޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްްޔާ ފިޔަވައި އިތުރު މީހަކަށް އެ ރިޕޯޓް ފޮނުވިދާނެ ކަމަށް ބަޔާންކޮށްފައެއް ނެތެވެ. އެހެންކަމުން ރައީސް ނަޝީދަށް އެ ރިޕޯޓް ހަވާލުކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަން ސާފުކޮށް ހާމަވެއެވެ.

ރިޟްވާން ރަހީނުކޮށް މަރާލި ގޮތާއި، އޭގެ ފަހުން ކަންކަން ހިނގާ ދިޔަ ގޮތް ހިމެނޭ މި ރިޕޯޓް، ރައީސް ނަޝީދަށް ދިނުމުގެ ނަތީޖާއަަކަށްވީ އެ މައުލޫމާތު އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތި އާންމުންނާއި ހަމައަށް އެމަނިކުފާނު ހާމަކުރެއްވުމެވެ.

ރައީސް ނަޝީދު ވަނީ އެ ރިޕޯޓް ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއި ވެސް ހިއްސާކުރައްވާފައެވެ. ކޮމިޝަނުން އަމަލު ކުރި ގޮތުން އެ ކޮމިޝަންގެ ޒިންމާއެއް ކަމަށްވާ، ސިއްރު ހިފެހެއްޓުމުގެ ޒިންމާ އާއި މެދު ވެސް ވަނީ އިހުމާލުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: