ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ނެތް ރައްކާތެރިކަމެއް އެހެން މީހަކަށް ނޯންނާނެ: ވަހީދު

(ލޯޔަރު ވައްޑެ ކޯޓު ބޭރުގައި)ފޮޓޯ.. ދައެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނެތް ރައްކާތެރިކަމެއް އެހެން ބޭފުޅަކަށް ނޯންނާނެކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ( ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެެ. 

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމުގައި ހުންނެވިހާ ދުވަހަކު، ރައީސް ނަޝީދަށް ނެތް ރައްކާތެރިކަމެއް ވަކި އެހެން މީހަކަށް ނޯންނާނެކަމަށެވެ.

ވަހީދު މިހެން ވިދާޅުވީ ރައީސް ނަޝީދު އެމަނިކުފާނަށް ފުލުހުން ފާރަލާކަން އެމްއެންޑީއެފުން އަންގަވާފަވާ ކަމަށް ވިދާޅުވި ވާހަކަ އަށް އިޝާރާތްކުރައްވައެވެ. 

 

http://beta.sangu.mv/113

ވަހީދު ވަނީ ފާރަ ލުމާއި ފާރަވެރިވުމަކީ ވެސް ތަފާތު ދެކަމެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ދައްކަވާ އެ ވާހަކަތައް ޤަބޫލުކުރަން ދަތި ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

މީގެ އިރުކޮޅެއް ކުރިން ފުލުހުން ބުނީ ރައީސް ނަޝީދަށް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ހަމަ މީގެ ކުޑައިރުކޮޅެއް ކުރިން އެމްއެންޑީއެފް އިން ވެސް ބާޔާނެއް ނެރުނެެވެ. އެ ބަޔާނުގައި ރައީސް ނަޝީދަށް ފާރަލާ ކަމަށް ބުނާ ވާހަކަތައް ވަނީ އެމްއެންޑީއެފްއިން ދޮގުކޮށްފައެވެ.

https://twitter.com/Lawyer_Waddey/status/1170937447619809282

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: