ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.ޖަމީލް ރައީސް ނަޝީދު އަށް: ހައްލު ކުރައްވަން މަސައްކަތް ނުކުރެވެންޏާ، ތިޔަ ފޯރުވެނީ ނުފޫޒް!

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު: ފޮޓޯ ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެެ ރައީސް މުހައްމަދު ނަޝީދު ކަންކަން ރަނގަޅު ކުރައްވަން މަސައްކަތް ކުރައްވަން ވީ ކަމަށާއި، އެ ގޮތަށް މަސައްކަތް ނުކުރެއްވޭނަމަ އެމަނިކުފާނަށް އެ ފޯރުއްވެވެނީ ފުލުހުންގެ މައްޗަށް ނުފޫޒު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ.

ފުލުހުން ރައީސް ނަޝީދަށް ފާރަލާކަމަށް ވިދާޅުވެ އެމަނިކުފާނު ފުލުހުންގެ މައްޗަށް ކުރެއްވި ތުހުމަތުތަކަށް ނުސީދާގޮތަކަށް އިޝާރާތް ކުރައްވައި ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް ކަމަށާއި ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތްކުރެއްވުން ކަމަށެވެ.

 

https://twitter.com/MJameelAhmed/status/1170932953364320257

ޖަމީލް ވަނީ ކަންކަން ހައްލު ކުރައްވަން މަސައްކަތް ނުކުރެވޭނަމަ ފޯރުވޭނީ ނުފޫޒްކަމަށް ވިދާޅުވެފައެވެ.

އެ ވިދާޅުވާ ނުފޫޒަކީ ރައީސް ނަޝީދު ފުލުހުންނަށް އަމާޒުކޮށް ދައްކަވަމުން ގެންދަވާ ވަހާކަފުޅުތައް ކަމުގައިވެސް ވުން އެކަށީގެންވެއެވެ. ރައީސް ނަޝީދުވަނީ ފުލުހުންގެ މުއައްސަސާގެ ބައެއް ފުލުހުންނާއި މެދުު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ތަފާތު އެކި މުނާސަބަތުތަކުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: