ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުމަތީގެ ސަލާމަތާއި ބެހޭގޮތުން ނައިބު ރައީސް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވައިފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުންރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަމާބެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޓްރާންސްޕޯޓް މިނިސްޓްރީއާއި، ކޯސްޓް ގާޑް އަދި އެމްއެންޑީއެފް ގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް އެޅޭނެ ފިޔަވަޅުތަކާއި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބެލުމާއި، ކަނޑުމަތީގެ ހާދިސާއެއް ހިނގާއިރު ކަމާބެހޭ އިދާރާތަކަށް އެކަން އެނގޭނެ ނިޒާމެއް ޤާއިމްކުރުން ފަދަ ކަންކަން ހިމެނެއެވެ.

މީގެއިތުރުން، ކަނޑުމަތީގެ ރައްކާތެރިކަމާބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމާއި، ކުދި އުޅަނދު ފަހަރު ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިގޮތުން، ކުރިން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ރަނގަޅަށް ތަންފީޒުކުރެވޭތޯ ބަލައި، މިފަދަ ޤަވާޢިދުތައް ތަންފީޒުކުރުމުގައި ކައުންސިލްތަށް ބާރުވެރިކުރުވުމުގެ މުހިންމުކަން ހުރިހާ ބޭފުޅުންވެސް ފާހަގަކުރައްވާފައިވެއެވެ.

އަދި، ނެޝަނަލް ސަރޗް އެންޑް ރެސްކިއު ކޮމިޓީ މެދުވެރިކޮށް މިކަންކަމަށް ޙައްލު ހޯދުމާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

ކަނޑުމަތީގައި ހިނގާ ނުރައްކާތެރިހާދިސާތަށް މި ފަހުން އިތުރުވެފައިވާއިރު ދާދި ފަހުން ލޯންޗެއް ބަންޑުން ޖަހާލައިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެއް އާއިލާއެއްގެ 4 މީހުން ހިމެނެއެވެ.

މިފަދަ ހާދިސާތަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ލައިފްޖެކެޓް އެޅުމަށް މަޖުބޫރުކުރުމަށް އެކުލަވާލަންޖެހޭ ޤަވައިދުތައް ހެދުުމުގެ މަސައްކަތް ފަށާފައެވެ. އަދި ވަރަށް އަވަހަށް ލައިފް ޖެކެޓް އެޅުމަށް މަޖުބޫރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: