ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީ މީހާއަށް އަނިޔާކުރި 7 ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާކުރުމަށް މަޝްވަރާކުރަނީ!

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހަރާކާތްތެރިވާ ޑީއީޑީ ފުލުހުން: ފޮޓޯ ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ގެއަކަށް ވަދެ ބަލައި ފާސްކުރުމުގެ ތެރޭގައި މީހެއް ގައިގަ ތަޅާ އަނިޔާކުރި 7 ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް މަޝްވަރާކުރަމުން އަންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ 7 ފުލުހުންގެ ޖިނާއީ މައްސަލައިގެ ދައުވާގެ ކަންކަން ކުރިޔަށް ގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އާއި މަޝްވަރާކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންއަށް ފޮނުވާފައިވާކަމަށެވެ. ނަމަވެސް އެއީ ޕީޖީއަށް ފޮނުވުމުގެ ފުރަތަމަ މަރުހަލާއެވެ.

ފުލުހުންގެ ގަވާއިދުތައް ބިނާވެފައި އޮންނަގޮތުގެ މައުލޫމާތު ދެމުން އެ އިދާރާއިން ބުނީ އެ މައްސަލައިގެ ގޮތް ނިންމުމުގެ މުއްދަތަކީ މިމަހުގެ 12 ވާ ބުރާސްފަތި ދުވަހުގައި ކަމަށެވެ.

އެ 7 ފުލުހުންގެ ސަސްޕެންޝަންގެ މުއްދަތު ހަމަވެފައިވާއިރު ވަޒީފާއަށް ނެރެފައިނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި އަހަރުގެ ޖުލައި މަހު މ.އުޖާލާގޭގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ ޑްރަގް އެންފޯރސްމެންޓް ޑިޕާޓްމެންޓަށް ލިބިގެން އޮޕަރޭޝަނެއް ހިންގިއެވެ.

މި 7 ފުލުހުންނަކީ އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި 7 ފުލުހުންނެވެ. އަދި އެ އޮޕަރޭޝަންގައި މި 7 ފުލުހުން ބިދޭސީ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރާ ވީޑިއޯ ވަނީ އާންމު ފަރާތަކުން ނެގުމަށްފަހު މީސް މީޑިއާގައި އާންމުކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: