ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައެއް ދިމާވާއިރަށް ފެނަކައިން ކުރަނީ ބޭކާރު ހަރަދުތައް: މޭޔަރ ސޯބެ

ފޮޓޯ: ސޯޝަލް މީޑިއާ --- އައްޑޫ ގުޅިފައިވާ ރަށްތަކުން ކަރަންޓު ދިއުމުގެ މައްސަލައަށް އަދިވެސް ހައްލެއް ނެތް
ޝެއާރކޮށްލާ ކަހަލަދޯ؟

 

ރާއްޖޭގެ ދެވަނައަށް އާބާދީ އެންމެ ބޮޑު ސިޓީ އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ފެނަކަ ކޯޕަރޭޝަންއަށް ހައްލެއް ހޯދައިނުދެވުނުކަމަށް އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.

ކަރަންޓް ކެނޑިފައި ވަނީ ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ އަދި ހިތަދޫއިން އެވެ. ކަރަންޓު ކެނޑުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތަށް ވެސް ކޮންމެވެސް ވަރަކަށް ބުރޫ އެރި އެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުން އާދީއްތަ ދުވަހުގެ ހަވީރު 5:30 ހާއިރު ކަރަންޓު ދިޔަގޮތަށް އަދިވެސް ރަށަށް އެދެވޭ ގޮތެއްގައި ކަރަންޓު ފޯރުކޮށްދީފައެއް ނުވެއެވެ.

ހަވީރު ކަރަންޓު ކެނޑުމާއި އެކު ފެނަކައިން ބުނެފައިވަނީ ހިދުމަތް މެދުކެނޑުނީ ޓްރާންސްފޯމަރަކަށް ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އޭގެ ބައިގަޑިއިރު ފަހުން ގުޅިފައިވާ ހުރިހާ ރަށަކަށް ކަރަންޓު ދިނުމަށްފަހު އަނެއްކާވެސް ކަރަންޓު ކެނޑުނީ އޭގެ ފަސް ވަރަކަށް މިނެޓުފަހުންނެވެ. އޭގެ ފަހުން އެތައް ފަހަރެއްގެ މަތީން ކަރަންޓު ދިން ނަމަވެސް، ފަސް ވަރަކަށް މިނެޓަށްވެސް ކަރަންޓު ހިފަހައްޓާފައި ނުވާކަމަށް އައްޑޫއިން މައުލޫމާތު ހިއްސާކުރި ބައެއް މީހުން ވަނީ ބުނެފައެވެ.

ފޮޓޯ: ސޯޝަލް މީޑިއާ — ކަރަންޓުގެ މައްސަލައިގައި ސޯބެ ވަނީ ފެނަކައަށް ފާޑުވިދާޅުވެފައި

އައްޑޫސިޓީގެ އެތައް ރައްޔިތުންނެއް ސޯޝަލް މީޑިއާގައި ފެނަކައަށް އަމާޒުކޮށް ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައި ސޯބެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވާ ކޮންމެ ފަހަރަކު ފެނަކައިން އިންތިހާއަށް ބޮޑު ހަރަދު ކުރާކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓުގެ ހިދުމަތް ނުލިބި 8 ގަޑިއިރު ވެގެންދިޔައިރު ސަރުކާރުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ކަރަންޓް ކެނޑޭ މައްސަލައަކީ ހައްލު ނުވެ، އައްޑު އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން އެމަނިކުފާނަށްވެސް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

އައްޑޫގެ ގުޅިފައިވާ ހަތަރު އަވަށުން ކަރަންޓު ކެނޑޭ މައްސަލަ އަކީ އަހަރުތަކެއް ވެފައިވާ ކަންބޮޑުވުމެއް. މީގެ ކުރިން ވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކެނޑިފައިވެ އެވެ. ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމުގެ ގޮތުން 1.6 މެގަވޮޓްގެ އާ ޖެނެރޭޓަރެއް އިންސްޓޯލްކޮށް، ކަރަންޓް ދޭން ފަށާފައިވާ ކަމަށް މިދިޔަ ޖޫން މަހު ފެނަކަ އިން ބުނެފައިވެ އެވެ. އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން 20 މެގަވޮޓްގެ ޕަވަ ގްރިޑެއް އެޅުމަށް މަސައްކަތް ކުރަމުން އަންމަ ކަމަށް ވެސް ބުނެފައިވެ އެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: