ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހަކު ހިފަހައްޓައިފި

ފޮޓޯ: ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު މީހާގެ ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަސްލު އޮޅުވާލާ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތް ކުރި ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

ޝަހުޝު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ފިރިހެން މީހާ އިމިގްރޭޝަނުން ހިފަހެއްޓީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް އެއީ ކޮން ގައުމަކުން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރި މީހެއްކަމަށް އިމިގްރޭޝަނުން ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެ މީހާއި ގުޅޭ އިތުރު ތަފްސީލެއްވެސް އެ އިދާރާއިން މީޑިއާތަކާއި ހިއްސާކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން ޝަހްޝު އޮޅުވާލައިގެން އަލުން އެތެރެވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

މިކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިޔުމަން ޓްރެފިކިން އާއި ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތްތައް ކުރަމުންނެވެ.

މިކަންކަން ހުއްޓުވުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ބޯޑަރު ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތްތައް ފަށައިފަ އެވެ.

ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: