ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެދުން ބަދަލު ކުރިޔަސް އެއީ ހަމަ ބުޅަލެއް: ވަހީދު

(ލޯޔަރު ވައްޑެ ކޯޓު ބޭރުގައި)ފޮޓޯ.. ދައެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހެދުން އަޅުވައިގެން ކޮންމެ ޝޯ އެއް ދެއްކިޔަސް، އެއީ ހަމަ އެކައްޗެއް ކަމަށް ބުނެ، ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ( ލޯޔަރު ވައްޑެ) ތަފާތު ޓްވީޓެއް ކުރައްވައިފިއެވެ.

ވަހީދު ވަނީ އެ ޓްވީޓްގައި ބުޅަލެއް ހެދުން ބަދަލުކޮށްގެން ތަފާތު ގޮތްގޮތަށް ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރައްވާފައެވެ.

އެ ފޮޓޯއާއި އެކު، ލިޔުއްވި ލިޔުމުގައ، ވަކިގޮތަކަށް ހެދުން އަޅާ، ކޮންމެ ޝޯއެއް ދެއްކިއަސް އެއީ ބުޅަލަކަށް ނޫނީ ނުވާނެ ކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ހިނގާ ގޮތާއި ފެންނަ ގޮތް ތަފާތު ކަމަށް ބެލެވުނަސް އެކަން ބަދަލު ނުވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. 

https://twitter.com/Lawyer_Waddey/status/1170402159852052480

ފަހަކަށް އައިސް ވަހީދު، ސިޔާސީ މައިދާނުގައި އެހާ އެކްޓިވްކޮށް ނުފެންނަކަން ފާހަގަކޮށްެލެވެއެވެ. 

ވަހީދު އަކީ އޭރެއްގައި ހިނގާ ސިޔާސީ ކަންކަމަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.

ވަހީދު މިފަދަ ޓްވީޓެއް ކުރައްވާފައި ވަނީ، މިހާރު ހިނގާ ސިޔާސީ ކަމަކާއި ގުޅޭގޮތުން ކަމަށް ބެލެވެއެވެ.

ކުލަ ބަދަލުކުރުުމުގެ ވާހަކަ މި މޭރުމުން ދައްކަވާފައި ޥާއިރު، ދާދި ފަހުން ޕީޕިއެމް އަދި ޕީއެންސީގެ އިސް ބައެއް ފަރާތްތަކުން ވަނީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙިމްގެ އެޑްވައިޒަރު، އަދި ކުރީގެ ނައިބް ރައީސް  ޑރ.މުހައްމަދު ޖަމީލު އަހްމަދު ވަނީ ޕީޕީއެމް އާއި އެކުގައި އަނެއްކާވެސް މަސައްކަތް ކުރައްވަން ފަށްޓަވާފައެވެ.

އެހެންކަމުން ވަހީދު އިޝާރާތްކުރެއްވި ކުލަ ބަދަލުކުރުމުގެ ވާހަކައަކީ މި ފަރާތްތަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކައަކަށް ވުން އެކަށީގެންވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: