ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިޔުންތެރިިކަމުގެ ދުވަހު މިސާލު ނަގަންވީ ކީރިތި ޤުރުއާނުން: ރައީސް މައުމޫން

ފޮޓޯ މީސްމީޑިއާ(ރައީސް މައުމޫން ފޮތެއް ވިދާޅުވަނީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ލިޔުންތެރިކަމުގެ ދުވަހު މިސާލު ނަގަން އެންމެ ރަނގަޅީ، އެންމެ ފުރަތަމަ ބާވައިލެއްވި ކީރިތި ޤުރުއާންގެ އާޔަތުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ފޮތެއް ވިދާޅުވާން ހުންނެވި ފޮޓޯއަކާއި އެކު ކުރެއްވި ޓްވީޓެއްގައެވެ. 

އެ ޓްވީޓްގައި ރައީސް މައުމޫން ވަނީ ކީރިތި ޤުރުއާނުގެ އަހައްމިއްޔަތު ކަމަށް އަލިއަޅުވާލައްވާފައެެވެ.

އެމަނިކުފާނުގެ އެ ޓްވީޓްގައި އެންމެ ފުރަތަމަ ބާވައިލެއްވި އާޔަތުގެ މާނަވެސް ލިޔުއްވާފައިވެއެވެ.

https://twitter.com/maumoonagayoom/status/1170603599702847488

މީގެ އިތުރުންް ރާއްޖެ އަކީ މި ސަރަހައްދުގައި ލިޔަން ކިޔަން ދަންނަ މީހުން އެންމެ ގިނަ ޤައުމުކަން ފާހަގަކުރައްވާ އެ ކަމާއި ފަޚުރުވެރި ވެލައްވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ދިވެހިންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގެވިއެވެ.

އަލް އަލަގް ސޫރަތުގެ ފުރަތަމަ އާޔަތުގެ މާނަ
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: