ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުތަކާއި ބެހޭ ކޮމިޝަން 241 ކޮމެޓީއަށް! ބައްދަލުވުން ސިއްރު!

މަރުތަކާއި ބެހޭ ކޮމިޝަން 241 ކޮމެޓީގައި: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލާގައި މަރުތަކާއި ބެހޭ ރިޔާސީ ކޮމިޝަންގެ މެންބަރުން ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނެއް ކަމަށްވާ މަރުތަކާއި ގެއްލިފައިވާ މީހުންނާއި ބެހޭ ކޮމިޝަނުން އެންމެ ފުރަތަމަ މަޖިލިހަށް ހާޒިރުވާ ގޮތަށް އޮތީ މިއަދު ހެނދުނު 10 ޖަހާ އިރަށެވެ. ނަމަވެސް ފަހުން އެ ބައްދަލުވުން 2 ޖަހާއިރަށް ފަސްކޮށްފައިވެއެވެ.

ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގާއި ގުޅޭ ގޮތުން ގިނަ ބައެއްގެ ސުވާލުތައް އެ ކޮމިޝަނަށް އަމާޒުވެފައިވާއިރު 241 ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި މެމްބަރު މިސްބާހު އައްބާސް ހާޒިރު ކޮށް މީޑިއާތައްވެސް މަޖިލިހުގެ އިދާރާއަށް  ގެންދިޔަ ފަހުންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: