ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ ކަށު ނަމާދު ކުރުމަށް އާއިލާއިން މިނިސްޓްރީގެ ލަފަޔަކަށް އެދިއްޖެ

ނޫސްވެރިޔާ އަހުމަދު ރިޟްވާން: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ކަށު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށް އޭނާގެ އާއިލާގެ ފަރާތުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ބަހެއް ލިބުނުހާ އަވަހަކަށް ރިޟްވާންގެ އާއިލާގެ ފަރާތުން ކަށުނަމާދުގެ ކަންކަން ކުރިޔަށް ގެންދާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރިޟްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގައެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެއަށް ދިއުމަށް ފެރީ ޓަރމިނަލްގައި މަޑުކޮށްލައިގެން ހުއްޓައި އެތަނުގެ ސީސީޓީވީ ކެމެރާއިންނެވެ. އެއަށް ފަހު އޭނާ ވަނީ ވީ ނުވީއެއް ނޭނގި ގެއްލިފައެވެ.

ރިޟްވާން ގެއްލުނު ފަހުން ތަފާތު ގޮތްގޮަތަށް ވާހަކަދެެކެވެމުން ދިޔައިރު، މިދިޔަ އާދީއްތަ ދުވަހު ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވަނީ ރިޟްވާން ރަހީނުކޮށް ކަނޑު އުޅަނދަކަށް އަރުވައި ބޯ ބުރިކޮށްލުމަށްފަހު މަރާލާފައިވާކަމަށް ވިދާޅުވެފައެވެ.

ރިޟްވާން މަރާލި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އެންމެހާ ކަންކަން ކުރިޔަށް ދާނީ މަރުތަކާއި ބެހޭ ކޮމިޝަނުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: