ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެފުލުހުން ވަޒީފާއަށް ނެރުނީ މިސަރުކާރުންކަން ހާމަވެއްޖެ!

އެސްއޯ ފުލުހުން: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހީނުކޮށް މަރާލާފައި ކަނޑުފެއްތިކަމަށް ބުނާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ޕާސްޕޯޓް ހަދަން އުޅުނު ދެފުލުހުން މުސާރަ ނުލިބޭގޮތަށް ގޭގައި މަޑުކުރުވާފައި ވަނިކޮށް، އަލުން ވަޒީފާއަށް ނެރުނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ފަހުން، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، އެ ދެ ފުލުހުންގެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާތީ ވަޒީފާއާ މެދު ގޮތެއް ނިމެންދެން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ރަސްމީ މަސައްކަތުން ދުރުކުރި ކަމަށެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގައި އެ ދެ ފުލުހުން އަލުން ވަޒީފާއަށް ނެރެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުންް އެ މުއްދަތަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ރައީސް ކަމަށް އިންތިޚާބު ވެވަޑައިގަތުމަށްފަހު ކުރީގެ ސަރުކާރުން އާ ސަރުކާރެއް އެކުލަވާލުމަށް ހުރިހައި މުއައްސަސާތަކާއި އިދާރާތަކުން އެއްބާރުލުން ދެމުން އައިި ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ.

އެ މުއްދަތުގައި މި ސަރުކާރުން އޮތީ އެއްވެސް ބަޔަކު ވަޒީފާއަށް އައްޔަން ނުކުރުމަށާއި އަދި ވަކިވެސް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އޭރުގެ ސަރުކާރުން އެކަމަށް އިޖާބަ ދީފައިވާކަންވެސް ފާހަގަކޮށްލެެވެއެވެ.

ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރި ކޯޕްރަލް މުހައްމަދު ޖިނާހު އަދި ކޯޕްރަލް އިބްރާހީމް ރިފްއަތު، ކުރީ ސަރުކާރުގައި ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް، އަލުން ވަޒީފާ ދިނީ މި ސަރުކާރުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ވަނީ ވިދާޅުވެފައެވެ.

ދެ ފުލުހުން ހައްޔަރު ކުރުމަށް އެޓާނީ ޖެނަރަލް އޮފީހުން ލަފާދީފައިވީ ނަމަވެސް ފުލުހުންގެ ބުނެފައި ވަނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ޤާނޫނީ ސަބަބައެއް ނުވަތަ  ހެއްކެއް ނެތް ކަމަށް މަރުތަކާއިބެހޭ ކޮމިޝަނުން މައުލޫމާތު ދީފައިވާކަމަށެވެ.

ދެ ފުލުހުން ހައްޔަރު ނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން  ފުލުހުންގެ އިދާރާއަށް އަމާޒުވެފައި އޮތް ނަމަވެސް ރާއްޖޭގައި ހެދިފައިވާ ގާނުނުތަކާއި ގަވާއިދުތައް ތަން ނުދޭގޮތަކަށް އެއްވެސް މީހަކުު ހިފައި ހައްޔަރުކުރުމަކީ އެންމެ އިންސާފުވެރި ގޮތްކަމުގައިި ބައެއް ފަރާތްތަކުން ނުދެކެއެވެ.

ހަމަ އެއާއި އެއްވަރަށް ހެކި ނެތުމަކީ މީހަކު ކުށެއް ނުުކުރާކަމަށް އޮތް ހުއްޖަތެއް ނޫންކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: