ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ. އިސްދޫ ގެއެއް ބަލައި ފާސްކޮށް ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައިފި

ލ. އިސްދޫ ގެއެއް ބަލައިފާސްކޮށް ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދައިފި. ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިސްދޫ ގެއެއް ބަލައިފާސްކޮށް ބަނގުރާ ތައްޔާރުކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މިތަކެތި ހޯދާފައިވަނީ އިސްދޫގައި ބަނގުރާ ތައްޔާރުކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ސެޕްޓެންބަރު މަހުގެ 07 ވަނަ ދުވަހު 21:40 އެހާކަންހާއިރު އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި އެރަށު ފަޅުގޯއްޗެއް ބަލައިފާސްކުރުމުން ކަމަށެެވެ.

މިގެ ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ތިން ހަން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މި ކަމާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މި މައްސަލަ ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: