ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

31 މީހުންނާއި އެކު ނ.އަތޮޅުން މާލެއަށް ދަތުރުކުރި ފެރީއެއް ފަރަށް އަރައިފި!

31 މީހުންނާއި އެކު ދަތުރު ކުރަމުންދިޔަ ކޮންފޯޓް އެކްސްޕްރެސް އެމް އެސް 1
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. އަތޮޅުން ފުރައިގެން މާލެ އަށް ދަތުރުކުރި “ކޮންފޯޓް އެކްސްޕްރެސް އެމްއެސް1” ނަމަކަށްކިޔާ ފެރީއެއް ކ.އަތޮޅު ކަގި މޯލްޑިވްސް ރިސޯޓުގެ ހުޅަނގު ފަރާތުގެ ކަނޑު އޮޅީ ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ނ. އަތޮޅުން މާލެއަށް ދަތުރުކުރަމުން ދިޔަ ފެރީއެއް ކ. އަތޮޅު ކަގި މޯލްޑިވިސް ރިސޯޓުގެ ހުޅަނގު ފަރާތު ކަނޑުއޮޅީ ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 21:46ގައި ލިބިފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ފެރީއަށް އެހީތެރިކަން ފޯރުކޮށްދޭން މިހާރު ހަރަކާތްތެރިވަމުން އަންނަކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އިތުރަށް މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނީ، އެ ފެރީގައި  11 އަންހެނުންނާއި 4 ކުޑަކުދިންނާއި، 16 ފިރިހެނުން ތިބިކަމަށެވެ.

 

 

އިތުރު ތަފްސީލް އަންނަނީ….

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: