ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ މައްސަލަ ފުލުހުންނަށް ބެލޭކަށް ނެތް، ކޯޓު އަމުރުވެސް ހޯދޭނީ ކޮމިޝަނަށް: ސީޕީ ހަމީދު

ސީޕީ ހަމީދު: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލަ ބަލަމުންދަނީ، ރައީސް ސާލިހު އުފެއްދެވި މަރުތައް ބަލާ ކޮމިޝަނުން ކަމަށާއި، އެހެންކަމުން އެ މައްސަލައިގައި ހައްޔަރުކުރަން ޖެހޭ ފަރާތްތައް ހައްޔަރު ކުރުމަށް ކޯޓު އަމުރުވެސް ހޯދަން ޖެހޭނީ އެ ކޮމިޝަނުން ކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޟްވާންގެ މައްސަލަ ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ކޮމިޝަނުން ކަމަށްވާއިރު، އެ ކޮމިޝަނަށް ކޯޓު އަމުރު ހޯދުމުގެ ބާރު އޮތީ ލިބިފައިކަމަށެވެ. އަދި މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދަނީ ފުލުހުންގެ އިދާރާއިން ނޫން ކަމަށާއި، މަރުގެ ކޮމިޝަންގެ ފަރާތުން ކޯޓު އަމުރެއް ހޯދުމުގެ އިޚްތިޔާރު ފުލުހުންނަށް ނެތް ކަމަށް ހަމީދު ވިދާޅުވިއެވެ.

https://twitter.com/M_Hameedh/status/1170382370949648385

ހަމީދު ވިދާޅުވީ، މަރުގެ ކޮމިޝަނުން އެއްވެސް ފަރާތެއް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދައިފިނަމަ، ކޮމިޝަނަރ އޮފް ޕޮލިސްގެ ހައިސިއްޔަތުން އެ މީހަކު ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުންގެ އިދާރާތެރެއިން ކުރައްވާނެ ކަމަށާއި، އަދި އެ ކޮމިޝަނަށް އެކަމުގައި  އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ސީޕީ ހަމީދު މިގޮތަށް ވިދާޅުވެފައި ވަނީ، ރިޟްވާންގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރުކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ފުލުހުންނަށް އަންގަވާފައި ވީނަމަވެސް އެ ފުލުހުން ހައްޔަރު ކޮށްފައި ނުވާތީ، ފުލުހުންގެ އިދާރާއަށް ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގައިކަންވެސް ފާހަގަކޮށްލެވެއެވެ.

ފުލުހުންގެ އިދާރާއިން ވަނީ މައްސަލައިގައި ޝާމިލްވާ ދެ ފުލުހުން ހައްޔަރު ނުކޮށް އެފަރާތްތަކާއިމެދު އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުގެ މަތިން އެ ދެ ފުލުހުން މިހާރުވަނީ ވަގުތީގޮތުން ސަސްޕެންޑްކޮށްފައެވެ. އެހެން ނަމަވެސް އެ ދެފުލުހުންނާއި މެދު އެއްވެސް ހެއްކެއް ނެތްކަމަށް މަރުތަކާއި ބެހޭ ކޮމިޝަނުން މައުލޫމާތު ދިންކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

މި ދެ ފުލުހުންނަކީ ރިޟްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމުގެ ގޮތުން ޕާސްޕޯޓެއް ހެދުމަށް އޭރުގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ހަސަން އަލީއާ ބައްދަލު ކުރި ދެ ފުލުހުން ކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: