ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ މައްސަލަތައް އޭސީސީން ބަލަން ފަށައިފި

ފޮޓޯ: އަވަސް އޮންލައިން/ އަހުމަދު އަޔާދު --- އެސީސީ ރައީސް މުއައްވިޒް ރަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ކުންފުނިތަކަށް ނިސްބަތްވާ ބައެއް މައްސަލަތައް ބަލަން ފަށާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ބުނެފި އެވެ.

އޭސީސީގައި މިހާރު ތިބި މެމްބަރުންގެ ދައުރު ހަމަވާތީ، ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތައް ކުރިއަށް ގޮސްފައިވާ މިންވަރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ކޮމިޝަނުން މި އަހަރުގެ މިހާތަނަށް 547 މައްސަލައެއް ރެޖިސްޓްރީކޮށްފައިވާކަމަށެވެ. މައްސަލަތައް ތަހުގީގުކޮށް އޭގެ ތެރެއިން 500 މައްސަލައިގެ ތަހުގީގު ނިމިފައިވާކަން ފާހަގަކުރައްވާ މުއައްވިޒް ވިދާޅުވީ އޭގެ ތެރެއިން 184 މައްސަލައަލައަކީ ދައުލަތުގެ އެކި ކުންފުނިތަކަށް ނިސްބަތްވާ މައްސަލަތަކެއްކަމަށެވެ. ތަހުގީގު ކުރަމުންދާ ކުންފުނިތަކުގެ ތެރޭގައި ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކެއް ހިމެނޭއިރު މުއައްވިޒް ވަނީ ކޮމިޝަންގެ އިސްނެގުމުގެ ދަށުން ގިނަ ފަހަރަށް އެ މައްސަލަތައް ތަހުގީގު ކުރަނީ މީޑިއާގައި އެވާހަކައެއް ފެންމަތިވުމުންކަމަށް ފާހަގަކުރައްވައިފައެވެ.

ކުންފުނިތަކުގެ ތަފްސީލު ދެއްވާ މުއައްވިޒު ވިދާޅުވީ ފެނަކަ ކޯޕަރޭޝަންއާއި ގުޅޭ ބައެއް ޝަކުވާތަކެއްވެސް ލިބިފައިވާކަމަށެވެ. ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ކުންފުނިތަކުގެ ތެރޭގައި ފެންކުންފުނި ހިމެނޭއިރު މުއައްވިޒް ވަނީ މިވަގުތު ވެސް ފެނަކައާއި ބެހޭ 44 މައްސަލައެއް ކުރިޔަށްދާކަމަށް ވިދާޅުވެފައެވެ. ބަލަމުންދަނީ ކޮން ކަހަލަ މައްސަލަތަކެއް ކަމާއި، އަދި އެ މައްސަލައާއި ގުޅޭގޮތުން ވަކި މީހަކަށް ތުހުމަތު ކުރެވޭތޯ “ސަންގުޓީވީން” ސުވާލު ކުރުމުން ނަންތައް ހާމަކުރުމަށް އުޒުރުވެރިވެވަޑައިގެން މުއައްވިޒު ވިދާޅުވީ ވަކި ވަކި މީހުންނާއި ސުވާލުކޮށް ބަޔާން ނަގާފައިވާނެކަމަށެވެ.

“ފެނަކަ ކޯޕަރޭޝަނާ ގުޅޭ މައްސަލަތަކެއް އޭސީސީގެ ތަހުގީގީ ދެ ޓީމަކުން ކުރަމުންދޭ އޭގެ 44 މައްސަލައެއްގެ ތަހުގީގު މިވަގުތު ވެސް ކުރިއަށް އެބަދޭ، ތަހުގީގަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ކުންފުނީގެ ފަރާތުން ލިބި މިހާރު ކުރިއަށްދަނީ ފައިނޭންޝަލް އެސެސްމެންޓް ހެދުމުގެ މަސައްކަތް،” މުއައްވިޒް ވިދާޅުވި އެވެ.

ކުންފުނީގެ ފަރާތުންވެސް ކޮމިޝަނަށް ބޭނުންވާ މައުލޫމާތުތައް ހިއްސާ ކުރަމުންދާކަމަށާއި، މިވަގުތު މައްސަލަތަކުގެ ތެރެއިން ކުރިޔަށް ދަނީ ފައިނޭންޝިއަލް އެސެސްމެންޓު ހެދުމުގެ މަސައްކަތްކަން މުއައްވިޒު ވަނީ ފާހަގަކުރައްވާފައެވެ. މައްސަލައިގެ ސްޕީޑަށް ބަލާ މި އަހަރުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގު އެކީ ނިންމާލެވޭވަރު ވާނެކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކާއި ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކާއި ގުޅޭގޮތުން މުއައްވިޒު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލާއި، އާސަންދަ ކުންފުނި، އަދި ސިފައިންގެ ފްލެޓު އެޅުމުގެ މަސައްކަތް ހަވާލު ކުރި ކުންފުންޏާއި މޯލްޑިވް ގޭސް، ޕީއެސްއެމްގެ މައްސަލަތަކެއްވެސް ބަލަމުން އަންނަކަމަށެވެ. އޭގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ ކޮންފެސް އޮޑިޓް ރިޕޯޓާއި ގުޅޭ 10 މައްސަލައަކާއި، ކަސްޓަމްސްގެ ތެރޭގައި ހިނގާފައި ހުރި ބައެއްކަންތައް، އަދި އެޑިއުކޭޝަން މިނިސްޓްރީގެ ވެސް ބައެއް މައްސަލަތަކެއް ބަލަމުން އަންނަކަމަށެވެ.

އަދި އެމްއައިޓީޑީސީން ހިންގި މަޝްރޫއެއް ފޮރިން ޕާޓީއަކަށް ދިނުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލައެއްވެސް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މުއައްވިޒް ވިދާޅުވީ ކޮމިޝަނުން މި ދައުރުގައި ތަހުގީގު ކުރި އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީ މައްސަލަ ކަމަށާއި އެ މައްސަލައިގެ ތަހުގީގަށްފަހު ދައުލަތުގެ އެހެން އިދާރާތަކުގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

“އެމްއެމްޕީއާރްސީ މައްސަލަތަކުގެ ތެރެއިން ގުޅުން ހުރި ގިނަ މައްސަލަތަކުގެ ތަހުގީގު މިހާރު ވަނީ ނިންމާފައި ކަމާބެހޭ އިދާރާތަކަށް ފޮނުވާފައި، މިހާރު ފުލުހުންނާއި އޭސީސީއާ ޕީޖީއާ އަދި އެސެޓް ރިކަވަރީ ކޮމިޝަނާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރިއަށް އެބަ ގެންދެވޭ އިތުރު ތަހުގީގު ތަކެއް ކުރިއަށް ގެންދިއުމަށް،”މުއައްވިޒު ވިދާޅުވިއެވެ.

ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ މީޑިއާތަކުގައި އެންމެ ބޮޑަށް ފެންމަތިވި މިނިވަން 50 ގެ  ބައެއް މައްސަލަތައް ނިމިފައިވާއިރު އަދިވެސް ތަހުގީގު ކުރިޔަށްދާ ބައެއް މައްސަލަތަކެއް ވާކަމަށް މުއައްވިޒު ވިދާޅުވިއެވެ.

މި މައްސަލަތަކުގެ ތަހުގީގު ނިމުމަކާއި ކައިރިވާއިރު ވާއިރު، މިއީ މުޅިން ވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެކޮމިޝަނުން ބަލަން ފަށާފައިވާ މައްސަލަތަކެވެ. މުއައްވިޒް ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެސެޓް ރިކަވަރީ ކޮމިޝަން އާ ގުޅިގެން އިތުރު ތަހުގީގުތަކެއް ކުރިއަށް ގެންދިއުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: