ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަމާލު! 40 މޭލަށް ވައި ގަދަވާނެ!

މޫސުން ގޯސްވެފައިވަނިކޮށް ލޯންޗެއް ދަތުރު ކުރަމުންދަނީ: ފޮޓޯ ވީ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން މ.އަތޮޅާއި ބ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

މެޓު އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އުތުރުގެ އެކިހިސާބަށް ގުގުރުމާކު ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމުގައި  ވެސް މެޓު އޮފީހުން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ކަނޑުުތައް އާދައިގެ ވަރަކަަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓު އޮފީހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: