ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާން މަރާލުމުގައި ސަރުކާރާއި ފުލުހުން ވަނީ ރަނގަޅަށް ބައިވެރިވެފަ: ރިޟްވާންގެ ދައްތަ

ރިލުވާނަށް އިންސާފުހޯދުމަށް ބޭއްވި އެއްވުމެއްގައި ދައްތަ ޝެހެނާޒް ބައިވެރިވެފަ. ފޮޓޯ:މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޙީނުކޮށްގެން މަރާލާފައިވާ މިނިިވަންނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިޟްވާންއަށް އިންސާފުލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ރިޟްވާންގެ އެއްބަނޑު އެއްބަފާ ދައްތަ ފާތިމަތު ޝެހެނާޒު ބުނެފިއެވެ.

ރިޟްވާންގެ ދައްތަ ޝެހެނާޒު ކުރި ޓުވީޓެއްގައި ވަނީ ސަރުކާރަށާއި ފުލުހުންނަށް ވަރަށް ބޮޑަށް  ފާޑުކިޔާފައެވެ.

އެ ޓުވީޓުގައި އޭނާ ބުނީ ރިޟްވާން މަރާލުމުގައި ފުލުހުންނާއި ސަރުކާރު އޮތީ ބައިވެރިވެފައިވާ ކަމަށެވެ.

އަދި ފުލުހުންގެ ތެރޭގައި އަދިވެސް ތިބީ ހަމަ އެ ފުލުހުން ކަމަށް ބުނެ ފުލުހުންގެ މުއަސަސާއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށްވެސް ޝެހެނާޒް ބުނެފައިވެއެވެ.

ފުލުހުންގެ ތެރޭގައި އަދިވެސް ތިބީ ހަމަ އެ ފުލުހުން ކަމަށް ރިޟްވާންގެ ދައްތަ ބުނެފައިވާއިރު ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުން މައްސަލަތަށް ބަލާ ކޮމިޝަނުން ރިޟްވާނުގެ މައްސަލައާއި ގުޅިގެން ތައްޔާރުކުރި ރިޕޯޓުގައި ވަނީ ރިޟްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެގެން އޭނާގެ ޕާސްޕޯޓު ހަދަންް އިންޓެލިޖަންސްގެ ދެ ފުލުހުން ކަމަށްވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތަށް އެންގިކަމަށެވެ.

 

 

 

https://twitter.com/AdnanShehenaz/status/1170237645399699461

އެ މައްސަލާގައި ކުރީގެ ސަރުކާރުން ވަނީ އެ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް އެ ދެ ފުލުހުންގެ ވަޒީފާ މި ސަރުކާރުން  އަނބުރާ ދީފައިވާކަން އެނގިފައިވެއެވެ.

ފުލުހުންގެ މައްސަލައާއި ގުޅިގެން ޝެއިޚް އަލީ ޒައިދު ވިދާޅުވީ ސާބިތު ނުހިފޭ، ހީއެއްގެ މައްޗަށް ހުކުމެއް ނުކުރެވޭނެ ކަމަށާއި މައްސަލަތަކުގައި އަމަލު ކުރަންޖެހޭނީ ލިބޭ ހެއްކަށް ކަމަށެވެ.

https://twitter.com/alizaid1000/status/1170256847812485121

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: