ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަކުން ބަކުން ކުޅުއްވާ މޮޅުވިޔަސް ރައީސް ޔާމީނަކީ ވެރިކަން ކުރައްވަން ސުމެއް: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު: ފޮޓޯ މިނިވަން ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަކުން ބަކުން ކުޅުއްވާ މޮޅުވިޔަސް ރައީސް ޔާމީނަކީ ވެރިކަން ކުރައްވަން ސުމެއްގެ ބޭފުޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެއްޖެ.

ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަލީ ސޯލިހު މިގޮތަށް ވިދާޅުވެފައި ވަނީ، ރައީސް ޔާމީން އދ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޅުއްވި ފުޓްބޯޅަ މެޗަކުން އެމަނިކުފާނު 7 ގޯލް ޖެއްސެވުމާއި ގުޅިގެންނެވެ.

އަލީ ސޯލިހު ވިދާޅުވީ، 7-0 އިން އަކުން ބަކުން ކުޅުއްވާ މޮޅު ވިޔަސް ރައީސް ޔާމީނަކީ ވެރިކަން ކުރައްވަން ސުމެއްގެ ބޭފުޅެއް ކަަމަށެވެ. އަދި ރައްޔިތުންގެ ފައިސާ ބޮޑު ތަނުން އިސްރާފްކޮށްފައިވާ ބޭފުޅަކަަށް ދެން ދޭނެ ޖާގައެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ، އަރި އަތޮޅުން ރައީސް ޔާމީނަށް ޖާގައެއް ނެތް ކަމަށެވެ. އަދި އެކަމަށް ރައީސް ޔާމީން ޖައްސަވާ ހިސާބު ގޯސް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ސޯލިހު މިހެން ވިދާޅުވިޔަސް ޕްރޮގްރެސިވް ކޯލިޝަނުން އަދ.އަތޮޅަށް ކުރި ދަތުރުގައި އެ އަތޮޅުގައި ދިރިއުޅޭ ރައީސް ޔާމީންގެ ސަޕޯޓަރުންވަނީ އެމަނިކުފާނަށާއި އެ ކޯލިޝަނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: