ކުއްލި ޚަބަރު

މުއްސަބުގެ ސަސްޕެންޝަނުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުއްސަބު: އޭނާގެ ސަސްޕެންޝަން ވަނީ ފަސް ވަނަ ފަހަރަށް އިތުރުކޮށްފައި--- މިހާރު އޮންލައިން/ ހުސެއިން ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲގެ ސަސްޕެންޝަން ފަސް ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު މުއްސަބު ސަސްޕްންޑުކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.  އެއަށްފަހު ތިން މަސް ވަންދެން، އޭނާގެ ސަސްޕެންޝަނަށް 30 ދުވަސް ސީއެސްސީއިން އިތުރުކުރި އެވެ.

އެންމެ ފަހުން އިތުރުކުރި 30 ދުވަސް ހަމަވުމުން ސީއެސްސީން އޭނާގެ ސަސްޕެންޝަނަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު 15 ދުވަސް އިތުރުކުރި އެވެ. ސަސްޕެންޑު ކުރި މުއްދަތުގެ ދަށުން އޭނާގެ އެ މުއްދަތު ހަމަވާނީ އާދީއްތަ ދުވަހުއެވެ. އެއާއި އެކު ކޮމިޝަނުން އަނެއްކާވެސް މުއްސަބުގެ ސަސްޕެންޝަނަށް 15 ދުވަސް ވަނީ އިތުރުކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުން މުއްސަބު ސަސްޕެންޑުކޮށްފައިވަނީ އޭނާގެ މުސާރަ ނުހިނގާގޮތަށް އިސްތިސްނާ ހާލަތުގައިއެވެ. ސީއެސްސީގެ ވަޒީފާއާއި ބެހޭ ގާނޫނުގެ މުވައްޒަފުން ވަޒީފާއިން ވަކު ކުރުމާއި ސަސްޕެންޝަން ގަވައިދުގައި ވާގޮތުން މުވައްޒަފަކު ސަސްޕެންޑުކޮށް މުސާރަ ލިބޭގޮތަށް ބެހެއްޓޭނީ އެއް މަސް (30 ދުވަސް) ދުވަހުގެ މުއްދަތަކަށެވެ.

އޭގެ އިތުރުން މުވައްޒަފުގެ މުސާރަ ނުލިބޭގޮތަށް އިތުރު ދެ މަސް ދުވަސް (60 ދުވަސް) ވަންދެން ބެހެއްޓޭނެކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

އޮގަސްޓުމަހު އޭނާގެ ސަސްޕެންޝަންގެ މުއް ދަތަށް 15ދުވަސް އިތުރުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަ ނަޝީދަށް އެޑްރެސްކުރައްވާ އޭނާ ސިޓީއެއް ވެސް ހުށަހަޅިއެވެ. އޭނާ ސަސްޕެންޑް ކުރިކަން ފުރަތަމަ އެނގިވަޑައިގަތީ، މުސްއަބު ވިދާޅުވި ގޮތުގައި، މީޑިއާގައި ރިޕޯޓް ކުރުމުންނެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މި މައްސަލައިގައި މުސްއަބު އެދިވަޑައިގެންފައި ވަނީ އޭނާއާ މެދު އަމަލުކުރަމުން ދާ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މެދުވެރިކޮށް ސީއެސްސީ ޖަވާބުދާރީ ކޮށްދިނުމަށެވެ. އޭނާއާ މެދު ފިޔަވަޅުތަކެއް އަޅަމުން ދަނީ ވަކި ބައެއްގެ ނުފޫޒާ ހެދި އިންސާފުން ބޭރުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: