ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ ފޭކް ޕާސްޕޯޓެއް ހަދަން އުޅުނު މައްސަލަ ބެލޭނެ: ޝަމީމް

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުަމަދު ރިޟްވާންގެ ފޭކް ޕާސްޕޯޓެއް ހަދަން އުޅުނު މައްސަލަ ބެލޭނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 310 ވަނަ މާއްދާގެ އަށްޑިހަ ވަނަ ބާބުގެ ދަށުން އެ މައްސަލަ ބެލޭނެ ކަމަށެވެ.

ފުލުހުންގެ އިދާރާ ޓެގް ކުރައްވާ ޝަމީމް ކުރެއްވި އެ ޓްވީޓްގައި އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވަން ބޭނުންވާ މިންވަރަށް ހެކި ހުރި ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެޓަރނީ ޖެެނރަލް އިބްރާހިމް ރިއްފަތު މި މައްސަލައިގައި ޝާމިލް ވާ ފަރާތްތަކައް ހައްޔަރުކުރަން އަންގަވާފައި ވާއިރު، އޭޖީގެ އެންގުމާއި މެދު ސުޥާލު ކުރުމަކީ އާންމު އުސޫލުގެ ދަށުން ބަލާއިރު ކޮމިޝަނަރ އަށް ކުރެއްވާނެ ކަމެއް ނޫން ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. 

https://twitter.com/HuShameem/status/1170222414229196800

ފުލުހުން ޓެގް ކުރައްވައި ޝަމީމް ހަވާލާދެއްވި، ޤާނޫނުލް އުގޫބާތުގެ މާއްދާގައި ތިން ކަމެއް ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ސައްހަ ލިޔުމަކަށް ބަދަ ގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން ހިމެނެއެވެ.

އެ މާއްދާގައި ބުނެފައި ވަނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ނުވަތަ ނުރަނގަޅު އަމަލެއް ފޮރުވުމުގެ ނިޔަތުގައި، އެނގި ހުރެ ކުރުމަކީ ކުށެއް ކަމަށް ބުނެފައިވެއެވެ.

އެ މާއްހާގެ3 ވަނަ ނަންބަރުގައި ގައި ބުނެފައި ވަނީ ލިޔުމެއް އުފެއްދުން، ނުވަތަ ފުރިހަމަ ކުރުން، ނުވަތަ ދޫކުރުން، ކަށަވަރުކޮށްދިނުން،  ނުވަތަ ނަކަލުކޮށްދިނުމަކީ ކުށެއް ކަމަށެވެ. އަދި އެ ނުކުތާގެ ދަށުން އެއީ އެހެން މީހެއްގެ އަމަލެއް ކަމަށް ދެއްކުމަކީ ވެސްކުށެއް ކަމަށް ވަނީ ބުނެފައެވެ

ޝަމީމް މި މޭރުމުން ވާހަކަދައްކަވާފައި ވާއިރު، ތުހުމަތު ކުރެވޭ ފުލުހުން ހައްޔަރު ނުކޮށްގެން ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ، އެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: